ޚަބަރު
ޖިނާއީ ކުށްތައް ހުއްޓުވުމުގައި އެއްބާރުލުން ފޯރުކޮށްދިނުމާބެހޭ މުއާހަދާއެއްގައި ރާއްޖެއާއި ސްރީލަންކާއިން ސޮއިކޮށްފި

ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެޤައުމުގެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމާ ގުޅޭ މުހިންމު މުއާހަދާއެއްގައި ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު މިއަދު ސޮއިކޮށްފިއެވެ. މި މުއާހަދާގައި ސޮއިކުރެވުނީ ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި މުއާހަދާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލެވެ. އަދި ސްރީލަންކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޚާރިޖީ ވަޒީރެވެ. ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި މި މުއާހަދާގެ މަސައްކަތް ފެށިފައިވަނީ 2011 ވަނަ އަހަރުއެވެ.

މި މުއާހަދާގެ މައިގަނޑު މަޤްޞަދަކީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާއެކު، ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެޤައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއްޤައުމުން އަނެއް ޤައުމަށް ފޯރުކޮށްދިނުމެވެ. މުއާހަދާގެ ދަށުން، އެޤައުމެއްގެ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދޭންޖެހޭނެއެވެ.

މުއާހަދާގެ ދަށުން މައްސަލަ ތަޙުޤީޤުކުރުމާއި، ޝަރީޢަތް ހިންގުމާއި، މައްސަލަ ނިމުމުން ހިންގަންޖެހޭ އެންމެހައި ކަންތައްތަކުގައި އެހީތެރިކަން ދިނުން ހިމެނެއެވެ. އަދި ހުށަހެޅޭ މައްސަލަތައް ބަލައިގަނެ، ބަލައި އަދި ކުރިއަށް ގެންދާނީ އެޤައުމެއްގައި ޤާއިމްކޮށްފައިވާ ސެންޓްރަލް އޮތޯރިޓީންނެވެ.

ޤާނޫނު ނަންބަރު 2/2015 (ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާއާއި 6 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން، ދިވެހިރާއްޖޭގެ ސެންޓްރަލް އޮތޯރިޓީގެ ގޮތުގައި ހަމަޖެހިފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!