ބޮލީވުޑްގެ މަޝްހޫރު ފިލްމު “އަންދާޒް 2” އަންނަ މަހު ސިނަމާތަކަށް ނެރުމަށް ހަމަޖެހިއްޖެއެވެ.
މި ފިލްމަކީ 2003 ވަނަ އަހަރު ޑައިރެކްޓަރ ސުނީލް ދަރުޝަން ގެނެސްދިން “އަންދާޒް” ގެ ސީކްއެލް އެވެ.
ފިލްމުގެ ފުރަތަމަ ބަޔާއި ދެވަނަ ބަޔާއި މާ ބޮޑު ގުޅުމެއް ނެތް ނަމަވެސް، މި ފަހަރު ވެސް ސުނިލް ލިޔެ، ޑައިރެކްޓްކޮށް އަދި ޕްރޮޑިއުސްކޮށް ގެނެސްދޭ ‘އަންދާޒް 2’ ގެ ލީޑް ތަރިންގެ ގޮތުގައި ނަތާޝާ ފެނަންޑޭޒާއި އާޔޫޝް ކުމާރުގެ އިތުރުން އަކައިޝާ ފެނިގެންދާނެއެވެ.
‘އަންދާޒް 2’ ގެ ޓްރެއިލާވެސް މިހާރު ރިލީޒްކޮށްފައިވާއިރު، މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 8 ވަނަ ދުވަހުއެވެ.

