ޚަބަރު
ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ރިޔާސަތުގައި، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދެ ޤައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންގޮސްފިއެވެ.

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު މި މަޝްވަރާތަކުގައި، ރައީސް މުޢިއްޒު ވަނީ ދެ ޤައުމުގެ ދެމެދުގައި 60 އަހަރު ވެފައިވާ ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ “ދިވެހިރާއްޖޭގެ ރައްޔިތުންނާއި ސްރީލަންކާގެ ރައްޔިތުންނާ ދެމެދު އޮންނަ ބަދަހި ގުޅުން” ފާހަގަކުރައްވައި، ރާއްޖޭގައި މަސައްކަތްކުރާ ސްރީލަންކާގެ ރައްޔިތުންގެ ފަރާތުން ރާއްޖޭގެ ތަރައްޤީއަށް އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.

ދެ ޤައުމުގެ މެދުގައި ކުރިއަށް ގެންދެވުނު ރަސްމީ މަޝްވަރާތަކުގައި، ޤާބިލުކަން އިތުރުކުރުން، ތަޢުލީމީ ދާއިރާ، މޫސުމަށް އަންނަ ބަދަލުތައް، މަސްވެރިކަމާއި ދަނޑުވެރިކަން، ކާނާގެ ރައްކާތެރިކަން، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން އަދި ވައިގެ ގުޅުންތައް ހަރުދަނާކުރުން ފަދަ ދާއިރާތަކުގެ އިތުރުން ކުޅިވަރާއި ޒުވާނުންގެ ތަރައްޤީއާ ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުން ނިމިގެން ދިޔައީ މި ދާއިރާތަކުގައި ދެ ޤައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ދެ ޤައުމުގެ އިސްވެރިން އެއްބަސްވެވަޑައިގަތުމާ އެކުގައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!