ޚަބަރު
އެފްއޭއެމް އަށް އާންމުންގެ އިތުބާރު އަލުން ލިބޭނެ: ޓޮމް

ސަޕޯޓަރުންނާއި ސްޕޮންސަރުންނާއި ސަރުކާރަށް އިތުބާރު ކުރެވޭ މުއައްސަސާއެއްގެ ގޮތުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަލުން ބިނާކުރާނެ ކަމަށް އެ އެސޯސިއޭޝަންގެ އާ ރައީސް އަހުމަދު ތޯރިގު (ޓޮމް) ވައުދުވެވަޑައިގެންފި އެވެ.

ތޯރިގު މިހެން ވިދާޅުވީ ކުރިއަށް އޮތް ހަތަރު އަހަރަށް އެފްއޭއެމްގެ އިސްވެރިއަކަށް އެ ޖަމިއްޔާގެ ކޮންގްރެސްގައި އިއްޔެ އޭނާ އިންތިހާބު ކުރުމުންނެވެ.

އެފްއޭއެމް އިން ރާއްޖެ އާއި ބައިނަލްއަގްވާމީ އިދާރާތަކަށް ދައްކަންޖެހޭ 150 މިލިއަނަށް ވުރެ ގިނަ ދަރަނި އޮތް ޖަމިއްޔާއެކެެވެ.

ކުރީގެ ލީޑަޝިޕުން ފުޓްބޯޅަ އަތޮޅުތަކަށް ގެންދިއުމަށް ވައުދުވެ، ސްޕޮންސަރުންގެ ފަރާތުން ފައިސާ ލިބުނު ނަމަވެސް ލީގު ކޮލިފައިން މުބާރާތްތައް ބޭއްވުމަށް އޭރުގެ ލީޑަޝިޕުން ވަނީ ނާކާމިޔާބުވެފަ އެވެ.

އެހެންކަމުން އަތޮޅުތެރެއަށް ފުޓްބޯޅަ ގެންގޮސްމ ބިނާކުރުމަކީ އޭނާ މުހިންމު އިސްކަމެއް ދޭނެ ކަމެއްކަމުގައި ފާހަގަކުރައްވަމުން ތޯރިގް ވިދާޅުވިގޮތުގައި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ފުޓްބޯޅަ ކަލަންޑަރު ފައިނަލްކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އަދި ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއް ހިމެނޭ ގޮތަށް ފުޓްބޯޅަ ސިސްޓަމު ހަމައަކަށް އެޅިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ތޯރިގް ވިދާޅުވިއެވެ.

ހަމައެއާއެކު، ފީފާ އާއި ރާއްޖޭގެ ސަރުކާރާ ގުޅިގެން އެ އެސޯސިއޭޝަންގެ ދަރަނި ކުޑަކުރުމަށްވެސް ތޯރިގް ވައުދުވެފައިވާއިރު، ނޯމަލައިޒޭޝަން ކޮމިޓީން ދަރަނީގެ ބައެއް ސީދާ އެފްއޭއެމް އިން ދައްކަން ޖެހޭ ކަމަށް ބަޔާންކޮށްފައިވާއިރު، ސުވާލު އުފެދޭ ދައުވާތަކަށް ގޮންޖަހާ ގާނޫނީ ވަސީލަތްތައް ވެސް ހޯއްދަވާނެ ކަމަށް ތޯރިގު ވިދާޅުވި އެވެ.

ތޯރިގް އެފްއޭމްގެ ރައީސްކަމަށް އިންިހާބުކުރެވުނީ އެމްއޭއެމްގެ ހުރިހާ ކުލަބެއްގެ ތާއީދާއެކުގައި ކަން ފާހަގަކޮށްލެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!