ޚަބަރު
އެއްބަސްވުމާ ހިލާފުވުން؛ އެމްޑީޕީއިން މޯލްޑިވިއަން އަށް 3.6 މިލިއަން ރުފިޔާ އެއްފަހަރާ ދެއްކުމަށް ހުކުމް ކޮށްފި

ފާއިތުވި ރިޔާސީ އިންތިހާބުގައި ކެމްޕެއިނަށް އެމްޑީޕީން ކުރި ދަތުރުތަކަށް ދައްކަންޖެހޭ ފައިސާ އެއްބަސްވުމާ އެއްގޮތަށް ނުދެއްކުމުން، އެ ޕާޓީގެ މައްޗަށް މޯލްޑިވިއަންއިން ދައުވާކުރުމާ ގުޅިގެން، ބާކީ ހުރި 3.6 މިލިއަން ރުފިޔާ އެއްފަހަރާ ދައްކައި ހަލާސްކުރުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

މޯލްޑިވިއަން ހިންގާ ދައުލަތުގެ ކުންފުނި އައިލެންޑް އޭވިއޭޝަނުން އެމްޑީޕީގެ މައްޗަށް މި މައްސަލަ ސިވިލް ކޯޓުގައި ދައުވާކުރީ ފާއިތުވި އަހަރުއެވެ. އެއީ ފާއިތުވި ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެމްޕެއިން ދަތުރުތަކަށް އެ ކުންފުންޏަށް ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާ ނުދެއްކުމާ ގުޅިގެންނެވެ.

މި ދައުވާއާ ގުޅިގެން އެ ޕާޓީއާއި މޯލްޑިވިއަންގެ މެދުގައި ސެޓްލްމެންޓު އެގްރީމެންޓެއް ހަދައި، އެމްޑީޕީން ދައްކަންޖެހޭ ފައިސާ ބަހާލައިގެން ކޮންމެ ހަ މަހަކުން ދައްކަމުން ގޮސް ހަލާސްކުރާ ގޮތަށް އެއްބަސްވިއެވެ.

ނަމަވެސް، އެ އެއްބަސްވުމާ އެއްގޮތަށް މި އަހަރު އެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާ އެމްޑީޕީން ނުދައްކާތީ، ކުރެވުނު އެއްބަސްވުން ބާތިލުކުރުމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ކޯޓަށް ހުށަހަޅާފައެވެ. އަދި ލިބެންޖެހޭ ފައިސާގެ ތެރެއިން ނުދައްކާ ހުރި ހުރިހާ ފައިސާއެއް އެއްފަހަރާ ހޯދަން އެ ކުންފުނިން ދައުވާކުރިއެވެ.

ސިވިލް ކޯޓުގައި އައިލެންޑް އޭވިއޭޝަނުން ހުށަހެޅި މައްސަލައާމެދު ގޮތެއް ނިންމައި އިއްޔެ އެ ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އެ ޕާޓީން މޯލްޑިވިއަންއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް ދައްކާފައިވަނީ ދެ މިލިއަން ރުފިޔާ ކަމަށެވެ. އަދި ބާކީ ދައްކަންޖެހޭ އަދަދަކީ 3.6 މިލިއަން ރުފިޔާ ކަމަށެވެ.

ހުކުމުގައިވާ ގޮތުން، އެމްޑީޕީއަށް މި ފައިސާ ދެއްކުމުގައި ދަތިތަކެއް ކުރިމަތިވެފައިވަނީ ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާގެ ތެރެއިން އެ ޕާޓީއަށް ލިބެންޖެހޭ ފައިސާ ނުލިބިގެން ކަމަށް އެ ޕާޓީން ކޯޓުގައި ބުނެފައިވެއެވެ. އަދި ފައިސާ ދެއްކުމަށް އިތުރު ފުރުސަތެއް ދިނުމަށް އެ ޕާޓީން އެދިފައިވެއެވެ.

ނަމަވެސް، އެމްޑީޕީއަށް ފައިސާ ދެއްކުމަށް އިތުރު ފުރުސަތެއް ދިނުމަށް އައިލެންޑް އޭވިއޭޝަނުންވަނީ ދެކޮޅުހަދާފައެވެ. އެހެންކަމުން، ކޯޓުން ހުކުމްކޮށްފައިވަނީ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސްކުރުމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!