ޚަބަރު
ތިނަދޫ އާއި އަތޮޅުގެ ތަރައްޤީ އަށް ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން : ތިނަދޫ 2 މެމްބަރުން

ތަފާތު ސަބަބުތަކަކާއި ހުރެ ތިނަދޫ ގައި ނުކުރެވި ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި ތިނަދޫ އާއި އަތޮޅުގެ ތަރައްޤީއަށް ޓަކިޖެހެން ހުރި ހުރިހާ ދޮރެއްގައި ޓަކި ޖަހާނެ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރ އަބްދުލް މުޣުނީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރ އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ގެ ޙާލަތާ ގުޅިގެން ރައްޔިތުންނާ ބައްދަލު ނުކުރެވި ގިނަ ދުވަސްތަކެއް ވުމަށްފަހު ކްލަބް ހައުސްގައި ރޭ ކުރިޔަށް ދިޔަ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން 2 މެންބަރުންވެސް ވިދާޅުވީ ތިނަދޫ އަކީ އަބަދުވެސް ތަރައްޤީގެ މަޝްރޫޢުތައް ހިންގާ ރަށެއް ކަމަށާއި ނަމަވެސް ތަފާތު ސަބަބު ތަކަކާއި ހުރެ ވަރަށް ގިނަ މަޝްރޫޢުތައް ތިނަދޫ ގައި ނުކުރެވި އެބަހުރި ކަމަށެވެ. އަދި އެކަންކަމުގެ ޙައްލު ހޯދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ދެ މެމްބަރުންވެސް ވިދާޅުވީ ވިލާ ކުންފުނިން ނަމަވެސް އަދި ސަރުކާރުން ނަމަވެސް އެއާޕޯޓް އިންޓަރނޭޝަނަލް ކުރުމާއި ތިނަދޫ ގައި އަޅަން ހަމަޖެހިފައިވާ ޓަރޝިއަރީ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ކުރުމަކީ ވެސް ކޮންމެހެން ކުރުވަން ޖެހޭކަމަށްކަމަށެވެ. އެގޮތުން ޓާޝަރީ ހޮސްޕިޓަލް އެޅުމަށްޓަކައި ކުވައިތު ފަންޑުން ބަޖެޓު ލިބިފައިވާ ކަމަށް މެމްބަރ މުޣުނީ ވަނީ ފާހަގަ ކުރައްވާފައިއެވެ.

ރައްޔިތުންގެ ސުވާލު ތަކަށް ޖަވާބުދެއްވަމުން މެމްބަރު ސަނީފް ވިދާޅުވީ ތިނަދޫއަށް އުދަ އެރުމާ ގުޅިގެން މަސައްކަތްތަކެއް އަދި ކުރެވިފައި ނެތް ކަމަށާއި, އެހެން ނަމަވެސް ކުރިއަށް އޮތް ތަނުގައި އެންމެން ގުޅިގެން ސަރުކާރު ތެރެއިން އެމަސައްކަތްކޮށްދެއްވާނެ ކަމަށެވެ. މީގެ އިތުރުން ސަނީފް ވިދާޅުވީ، ތިނަދޫ ރައްޔިތުންގެ ތަރުހީބު އޮތް ކަމުގައިވާނަމަ، ތިނަދޫގައި ފަތާ ޓްރެކެއް އެޅުމަށް ކުރަން ޖެހޭ މަސައްކަތް ކޮށްދެއްވާނެ ކަމަށްވެސް ރޭ ކުރިއަށް ދިޔަ ބައްދަލުވުމުގައި ސަނީފް ވިދާޅުވިއެވެ.

ރައްޔިތުންގެ ފަރާތުން ކުރިމަތިވި ސުވާލު ތަކަށް ޖަވާބު ދެއްވަމުން މެމްބަރުންވެސް އިތުރަށް ވިދާޅުވީ މި ދަތި ވަގުތުގައި ވެސް ތިނަދޫ ގެ ހޮސްޕިޓަލާއި އިންޖީނުގެ އަދި ޕޯޓްގެ މަސައްކަތާއި ފުލެޓް ކައިރީގައި ކުރިޔަށް ގެންދާ މަސައްކަތްވެސް ކުރިޔަށް ގެންދާ ކަމަށެވެ.

ތިނަދޫގައި ކޯވިޑް-19 ގެ އުނދަގުލާހުރެ އަދި ބޭރުގެ ބޭންކު ތަކުން ލިބެން ޖެހޭ ފައިސާގެ ހިލޭ އެހީ ސަރުކާރަށް ނުލިބުމުގެ ސަބަބުން މަޝްރޫޢުތަކައް ދަތިވެފައިވާ ކަމަށާއި، އެހެންނަމަވެސް ސަރުކާރުގެ އިދާރާ ތަކުން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ދެ މެމްބަރުންވެސް ތަކުރާރުކޮށް ފާހަނގަ ކުރެއްވިއެވެ.

ރޭ ކްލަބުހައުސް ގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި 200 އަށް ވުރެ ގިނަ އަދަދަކަށް އާންމު ރައްޔިތުން ބައިވެރިވިއެވެ. މި ބައްދަލުވުމުގައި ރައްޔިތުންގެ ޚިޔާލުތައް އަޑުއަހާ، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ އިތުރުން މިހާރު ހުރި ޕްރޮޖެކްޓް ތަކުގެ މައުލޫމާތު ވަނީ ރައްޔިތުންނާއި ޙިއްސާ ކުރެވިފައެވެ. 2 ގަޑި އިރަށް ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ތިނަދޫ ކައުންސިލްގެ ރައީސް، ސަޢުދު އަލީ ވެސް ބައިވެރިވެ ވަޑައިގަތެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!