ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިޔަށް ގެންދާ ގެންދާ ސިލްސިލާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ގަވައިދާ ޙިލާފަށް އުޅެމުންދާ 25 ވިދޭސީން އަތުލައިގަނެފިއެވެ.
މާލޭގެ ހެންވޭރު ކަރަންކާ މަގުގައި ހުންނަ ކެފޭއަކާއި، އެކޮމޮޑޭޝަން ބްލޮކެއް އިއްޔެ ހެނދުނުގެ ވަގުތެއްގައި އިމިގްރޭޝަނުން ބަލައި ފާސްކޮށް، ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 25 ބިދޭސިއަކު ހައްޔަރުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުންވަނީ ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަނުން އަތުލައިގެންފައެވެ.
މި ސަރުކާރުގެ އަމާޒަކީ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭގައި ހައްލުކުރުމެވެ.