މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެދުރާއްޖެތެރޭގެ ހުރިހާ އަތޮޅަކަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓު) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓުން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް މިއަދު މެންދުރު 13:15 އިން ފެށިގެން ހަވީރު 18:00 އަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިގޮތުގައި ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ކަނޑުތައްވެސް ގަދަވާނެކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 5-7 ފޫޓާ ދެމެދުގެ އުސްމިނުގައިކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.
ވައި ގަދަވެ ކަނޑުތައްވެސް ގަދަވާނެތީ، ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ.