ޚަބަރު
އިޒްރޭލުގެ ދައުލަތް ބަލައިގަތުމަށް މުސްލިމް ޤައުމުތަކަށް ޓްރަމްޕް އަނެއްކާވެސް ބާރު އަޅަނީ

ެޭއިޒްރޭލުގެ ޔަހޫދީ ދައުލަތް ބަލައިގަނެފައިވާ މުސްލިމް ޤައުމުތައް އިތުރު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރާ މަސައްކަތްތަކުގެ ދަށުން ޔަހޫދީންގެ ދައުލަތް ބަލައިގަތުމަށް އަނެއްކާވެސް މުސްލިމް ގައުމުތަކަށް ބާރު އަޅަމުން ގެންދާކަން ހާމަވެއްޖެއެވެ.

އެގޮތުން ޓްރަމްޕް ޔަހޫދީ ދައުލަތް ބަލައިގަތުމަށް މެދުތެރޭ އޭޝިޔާގެ ޤައުމެއް ކަމުގައިވާ އަޒަރްބައިޖާނަށް ބާރު އަޅަމުންގެންދާއިރު، ޓްރަމްޕް ދަނީ އެބްރަހަމް އެކޯޑްސް ނުވަތަ އިބްރާހިމް އެއްބަސްވުމުގައި އެ ޤައުމު ބައިވެރިި ކުރުމަށް މަސައްކަތް ކުރަމުންނެވެ.

އިބްރާހީމް އެއްބަސްވުމަކީ 2020ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ތެރޭގައި، ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ޢަރަބި އަދި މުސްލިމް ޤައުމުތަކާއި ޔަހޫދީންނާ ދެމެދު ގުޅުން ބަދަހި ކުރުވާ، އެ ޤައުމުތަކުން ޔަހޫދީންގެ ދައުލަތް ބަލައިގަނެ، ޔަހޫދީންނާ އެކު ޚާރިޖީ ގުޅުން ޤާއިމު ކުރުވުމުގެ މަގްސަދުގައި އުފެއްދުނު އެއްބަސްވުމެކެވެ.

އަޒަރްބައިޖާންގެ އިތުރުން މެދުތެރޭ އޭޝިޔާގެ އިތުރު ޤައުމުތައް އެ އެއްބަސްވުމުގައި ބައިވެރިވުމަށް ވެސް ޓްރަމްޕް ދަނީ ބާރު އަޅަމުންނެވެ.

މުސްލިމް ޤައުމުތަކާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ އެންމެ ބޮޑު ބައިވެރިޔަކީ އެމެރިކާގެ ރައީސް ޓްރަމްޕެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނަސްލެއް ނައްތާލުމުގެ ނިޔަތުގައި އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިނގަމުންދާ އުދުވާނުގެ އެންމެ ބޮޑު މަދަދުގާރަކީވެސް ޓްރަމްޕެވެ.

މެދުތެރޭ އޭޝިޔާގެ ގިނަ ޤައުމުތަކެކޭ އެއްފަދައިން އަޒަރްބައިޖާނުން ދަނީ ޔަހޫދީ ދައުލަތާ ގުޅުން ބަދަހި ކުރަމުންނެވެ. އަޒަރްބައިޖާނުން އިބްރާހީމް އެއްބަސްވުމުގައި ބައިވެރިވެއްޖެ ނަމަ، މި އެއްބަސްވުން ވެގެންދާނީ އެ ޤައުމާއި ޔަހޫދީންނާ ދެމެދު އަސްކަރީ އަދި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ހުޅުވިގެންދާ ދޮރަކަށެވެ.

ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުން ހިނގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު  60,000 އަށް އުފުލިފައިވާއިރު، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 142,000 އަށް އަރައެވެ.

ހަމައެއާއެކު، ޣައްޒާގެ ރައްޔިތުން ހައިހޫނުގައި ޖެއްސުމަށް ވެސް ޔަހޫދީން ޓްރަމްޕްގެ ސަރުކާރާ ގުޅިގެން ޖަރީމާތަކެއް ހިންގަމުންދާއިރު، މި ޖަރީމާތަކާ މެދު ބައިނަލްއަޤްވާމީ މުޖުތަމަޢުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!