ޚަބަރު
މިއަހަރުގެ މިހާތަނަށް އާސަންދަ ސްކީމަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފި

މިއަހަރުގެ މިހާތަނަށް އާސަންދަ ސްކީމަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މާލީ ކަންތައްތަކާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.9 އިންސައްތަ އިތުރު އަދަދެކެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ “ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް” ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ޖަނަވަރީ 1 އިން ޖުލައި 17 އާ ހަމައަށް ދައުލަތުގެ ބަޖެޓުން އާސަންދައަށް 1.1 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ބަޖެޓުން އާސަންދައިގެ ސްކީމްތަކަށް ޚަރަދުކޮށްފައިވަނީ 1.0 ބިލިއަން ރުފިޔާއެވެ.

މިއަހަރުގެ ބަޖެޓުގައި އާސަންދައަށް ކަނޑައަޅާފައިވާ 1.8 ބިލިއަން ރުފިޔާގެ ތެރެއިން މިހާރު ބާކީ އޮތީ އެންމެ 7 މިލިއަން ރުފިޔާއެވެ. އާސަންދައިގެ ޚަރަދުތައް އިތުރުވަމުންދިޔުމާ ގުޅިގެން، ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކޮށް، ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މީހުންގެ އަދަދު މަދުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

އާސަންދައިގެ ދަށުން ކުރެވޭ އިސްރާފު ކުޑަކުރުމަށްޓަކައި ނިމިދިޔަ އޮކްޓޯބަރު މަހު ވަނީ އިސްލާހުތަކެއް ގެނެސްފައެވެ. މީގެ ތެރޭގައި ބޭސްފަރުވާއަށް ޕްރައިވެޓް އިންޝުއަރެންސްއަށް އިސްކަންދިނުމަށް ނިންމުމާއި، އާސަންދައިގެ ދަށުން އެހެން ފަރާތްތަކަށް ބޭސްފަރުވާ ކުރެވޭ އުސޫލުތަކަށް ބަދަލު ގެނައުން ހިމެނެއެވެ.

ދައުލަތުން އަހަރަކު 3 ބިލިއަނަށްވުރެ ގިނަ ރުފިޔާ އާސަންދައިން ބޭސްފަރުވާއަށް ޚަރަދުކުރަމުންދާއިރު، މީގެ ބޮޑުބައެއް ހޭދަކުރެވެނީ ބޭސް ގަތުމަށެވެ. މި ޚަރަދު ކުޑަކުރުމަށްޓަކައި ބަލްކް ޕްރޮކިއުމަންޓް އުސޫލުން ބޭސް އެތެރެކުރެވޭނެ އިންތިޒާމު ސަރުކާރުން މިހާރު ވަނީ ހަމަޖައްސާފައެވެ. ދުރު މުސްތަޤުބަލުގައި އާސަންދައިން ބޭސްފަރުވާއަށް ކުރަމުންދާ ޚަރަދު ކުޑަކޮށް، އެ ފައިސާ ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ބޭނުންކުރުމަކީ ސަރުކާރުން ސިއްޙީ ދާއިރާއަށް ކަނޑައަޅުއްވާފައިވާ މުހިންމު އަމާޒެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!