ޚަބަރު
އެންމެ މޮޅު ޑްރާމާގެ އެވޯޑާއެކު އޮފީސްތަކުގެ ޑްރާމާ މުބާރާތުން ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ‘ޢާއިލާ’ އަށް 11 އެވޯޑް،

ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން އިންތިޒާމުކޮށްގެން ބޭއްވި “އޮފީސްތަކުގެ ޑްރާމާ މުބާރާތް 1446” ގައި ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީގެ ފަރާތުން ބައިވެރިކުރި “ޢާއިލާ” ޑްރާމާ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިފިއެވެ. އޮލިމްޕަހުގައި ރޭ ބޭއްވުނު ނަތީޖާ ފާޅުކުރުމުގެ ހަފުލާގައި މި ޑްރާމާއަށް ވަނީ ޖުމްލަ 11 އެވޯޑް ލިބިފައެވެ.

މި މުބާރާތުގެ އެންމެ މަތީ އެވޯޑުކަމުގައިވާ އެންމެ މޮޅު ޑްރާމާގެ އެވޯޑާއެކު، އެންމެ މޮޅު ފިރިހެން އަދި އަންހެން އެކްޓަރ، އެންމެ މޮޅު ޑައިރެކްޓަރ، އެންމެ މޮޅު ސްކްރީންޕްލޭ، އެންމެ މޮޅު އަންހެން ނިއުކަމަރ އަދި އެންމެ މޮޅު ލަވައިގެ އެވޯޑުތައް މި ޑްރާމާއަށް ވަނީ ހާސިލުކުރެވިފައެވެ. މީގެއިތުރުން، ބެލުންތެރިންގެ އެންމެ ގިނަ ވޯޓާއެކު އެންމެ މަޤްބޫލް ޑްރާމާ، އެންމެ މަޤްބޫލް ފިރިހެން އަދި އަންހެން އެކްޓަރުގެ އެވޯޑުތަކާއި، އާދަޔާ ޚިލާފު މޮޅު ހުށަހެޅުމަށް ދޭ ޖަޖުންގެ ޚާއްސަ އެވޯޑުވެސް ވަނީ މި ޑްރާމާއަށް ލިބިފައެވެ.

މަޝްހޫރު ފިލްމު ކުޅުންތެރިޔާ އަދި ޑައިރެކްޓަރު މުޙައްމަދު ފައިސަލް ޑައިރެކްޓްކޮށްދެއްވާފައިވާ “ޢާއިލާ” ޑްރާމާގެ މައިގަނޑު މަޤްޞަދަކީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައިދިނުމަށް މިނިސްޓްރީން ކުރިއަށްގެންދާ ‘ކޮންމެ ކުއްޖަކަށް ޢާއިލާއެއް’ ޕްރޮގްރާމާ ގުޅޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމެވެ.

މި ޑްރާމާއިން ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ކުރިމަތިލާންޖެހޭ ގޮންޖެހުންތަކާއި، ޢާއިލީ މާޙައުލެއްގައި ލޯތްބާއި ކުލުނު ލިބިގެން އެ ކުދިން ހޯދާ ކާމިޔާބީތައް ރީތިކޮށް ދައްކުވައިދީފައެވެ. އަދި ހަމަޖެހޭ، އޯގާތެރި ގެދޮރުގެ މުހިންމުކަމާއި، އެފަދަ މާޙައުލަކުން ކުއްޖެއްގެ ދިރިއުޅުމަށް ގެނެސްދޭ ހެޔޮ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.

ބެލުންތެރިންގެ މެދުގައިވެސް އެންމެ މަޤުބޫލުވެގެން ދިޔަ މި ޑްރާމާއިން ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކޮންމެ ކުއްޖަކަށްވެސް ލޯބިވާ އަދި އެހީތެރިވެދޭ ޢާއިލީ މާޙައުލެއް ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކޮށްދީފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!