ޚަބަރު
ގެދޮރުވެރިޔާގެ ފްލެޓު: އިސްކަންދޭނީ 76 މާކްސް ލިބުނު ފަރާތްތަކަށް

ގެދޮރުވެރިޔާގެ ކުރީގެ ފައިނަލް ލިސްޓުގައި 76 މާކްސްއަށްވުރެ މަތިން ލިބުނު ފަރާތްތަކަށް ފްލެޓު ނުދީ، 75 މާކްސް ލިބުނު ފަރާތްތަކަށް ފްލެޓު ދީފައިވާކަން ފާހަގަކުރެވިފައިވާތީ، ފްލެޓު ދިނުމުގައި މިހާރު އިސްކަން ފުރަތަމަ ދޭނީ 76 މާކްސް ލިބިފައިވާ ފަރާތްތަކަށްކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ.

އެ ވުޒާރާއިން ވިދާޅުވެފައިވަނީ، ކުރިން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަނޑައަޅުއްވާފައިވާ އުސޫލުގެ ދަށުން، ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި 3 ކޮޓަރީގެ ފްލެޓު ލިބެނީ 76 މާކްސްއިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި އެ ފަރާތްތަކަށް ފްލެޓު ކަނޑައެޅުމަށްފަހު ބާކީވާ ފްލެޓުތައް 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ދިނުމަށް ވަނީ ނިންމާފައެވެ.

ނަމަވެސް، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކުރިއަށް ގެންދިޔަ ގުރުއަތުލުމުގައި، 76 މާކްސްއަށްވުރެ މަތިން މާކްސް ލިބި ފްލެޓު ކަނޑައެޅުމަށް ގުރުއަތު ނަގާފައިނުވާ ފަރާތްތަކެއް ތިބިކަން ވުޒާރާއަށް ފާހަގަކުރެވިފައިވެއެވެ. އަދި 76 މާކްސްއަށްވުރެ މަތިން މާކްސް ލިބިފައިވާ ބައެއް ފަރާތްތަކަށް ފްލެޓު ކަނޑައަޅާފައިނުވަނީސް، 75 މާކްސް ލިބުނު ބައެއް ފަރާތްތަކަށް ފްލެޓު ކަނޑައަޅާފައިވާކަންވެސް ވަނީ ފާހަގަކުރެވިފައެވެ.

މި މައްސަލަ ޙައްލުކުރުމަށްޓަކައި، ވުޒާރާއިން މިހާރު ވަނީ އައު އުސޫލެއް ކަނޑައަޅުއްވާފައެވެ. އެގޮތުން، “76 މާކްސްއަށްވުރެ މަތިން މާކްސް ލިބުނު ފަރާތްތަކަށް ފުރަތަމަ ފްލެޓު ދިނުމަށްފަހު، ބާކީވާ ފްލެޓުތައް 75 މާކްސް ލިބުނު ފަރާތްތަކަށް ދޫކުރެވޭނެ” ކަމަށް ވުޒާރާއިން ވިދާޅުވެފައިވެއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބޭ ފަރާތްތަކުގެ ތެރެއިން 2,665 މީހެއްގެ ނަން މިހާރު ވަނީ އެއްބަސްވުން އެކުލަވާލުމަށްޓަކައި ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ފޮނުވާފައެވެ. އަދި މިހާތަނަށް 200 އަށްވުރެ ގިނަ ފަރާތަކާއެކު އެއްބަސްވުން އެކުލަވާލެވިފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!