ޚަބަރު
ވޭޕްގެ އެކި މައްސަލަތަކުގައި މިދިޔަ މަހު 22 މީހަކު 127،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފި

ނިމިދިޔަ ޖުލައި މަހު ވޭޕާއި ގުޅޭ އެކި މައްސަލަތަކުގައި 22 މީހަކު ޖޫރިމަނާކޮށްފިއެވެ. މީގެ ތެރެއިން އެކަކު ތަކުރާރުކޮށް ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ.

ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި މައްސަލަތަކުގައި ޖޫރިމަނާ ކުރި އަދަދު 127،000 ރުފިޔާއަށް އަރައެވެ. މިއީ ނިމިދިޔަ ޖޫން މަހާ އަޅާބަލާއިރު ދަށް އަދަދެކެވެ. ޖޫން މަހު 34 މީހަކު 170،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައި ވެއެވެ.

ޖުލައި މަހުގެ ތަފްސީލަށް ބަލާއިރު،

  • ވޭޕް ބޭނުންކޮށްގެން 13 މީހަކު 62,000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވޭ
  • ވޭޕް ގެންގުޅެގެން 9 މީހަކު 58,000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވޭ
  • ވޭޕްގެ ވިޔަފާރިކުރުމުގެ ކުށުގައި އެކަކު 7,000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވޭ

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖުލައި މަހު ވޭޕް އަދި އީ-ސިނގިރޭޓާ ގުޅުންހުރި ޖުމުލަ 15 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މީގެ ތެރޭގައި

  • ވޭޕް އަދި އީ-ސިނގިރޭޓް ގެންގުޅުމުގެ 8 މައްސަލަ
  • ވޭޕް އަދި އީ-ސިނގިރޭޓް ބޭނުން ކުރުމުގެ 6 މައްސަލަ
  • އެހެނިހެން 1 މައްސަލަ

ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ވިއްކުމާއި ހިލޭ ބެހުން މަނާކުރި ޤާނޫނަށް ޢަމަލުކުރަން ފެށީ 2022 ވަނަ އަހަރުގެ ޑިސެންބަރު 15 ވަނަ ދުވަހުން ފެށިގެންނެވެ. މި ޤާނޫނުގެ ދަށުން ވޭޕް އެތެރެކުރުމަށް 50,000 ރުފިޔާގެ ޖޫރިމަނާއެއް ކަނޑައެޅިފައިވާއިރު، އެތެރެކުރާ ކޮންމެ ވޭޕަކަށް 10,000 ރުފިޔާގެ އިތުރު ޖޫރިމަނާއެއް ކުރެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!