ޚަބަރު
މިމަހު 16 އަކުން ފެށިގެން އޮގަސްޓް 1 އަށް ސަރުކާރު ބަންދު

ޖުލައި މަހުގެ 16 ވަނަ ދުވަހުން ފެށިގެން އޮގަސްޓު 1 އާއި ހަމައަށް ސަރުކާރު ބަންދު ކަމުގައި ކަނޑައަޅައިފިއެވެ.

މިހާ ބޮޑު ބަންދެއް ސަރުކާރު މުވައްޒިފުނަށް ލިބިފައި މިވަނީ ބޮޑު އީދާއި ގުޅިގެން ޖުލައި 18 އިން 25 އަކީ ބަންދު ދުވަހެއް ކަމުގައި ކަނޑާއަޅާފައި ވުމުންނެވެ. ޖުލައި މަހުގެ 19 ވަނަ ދުވަހަކީ ހައްޖު ދުވަސްކަމަށް ވުމުން އެ ދުވަހަކީ ބަންދު ދުވަހެކެވެ. ޖުލައި 18 ވާ އާދިއްތަ ދުވަހަކީވެސް ބަންދު ދުވަހެއް ކަމުގައި ކަނޑައެޅުމުން މި ދުވަސްތަކުގެ މުއްދަތު އިތުރު ވެގެން ދިޔައީއެވެ.

މީގެ އިތުރުން ޖުލައި 26 ވަނަ ދުވަހަކީ ރާއްޖޭގެ މިނިވަން ދުވަސްކަމުން އެއީ ސަރުކާރު ބަންދު ދުވަހެކެވެ. މިނިވަންދުވަހުގެ މުނާސަބަތުގައި 27 އިން 29 ވަނަ ދުވަހަށް ވަނީ ސަރުކާރު ބަންދު ކޮށްފައެވެ. އެ ހަފްތާގައިވެސް ރަސްމީ ދުވަހަކަށް އޮތީ 25 ވާ އާދިއްތަ ދުވަސް އެކަންޏެވެ. މި ދުވަަހަކީވެސް ބަންދު ދުވަހެެއް ކަމުގައި މިހާރު ކަނޑައަޅާފައި ވުމާއި ޖުލައި މަހުގެ 30 ވަނަ ދުވަހަކީ ހުކުރު ދުވަސް ކަމުގައި ވުމުން، ދެން އެންމެ އަވަހަށް ސަރުކާރު ހުޅުވޭނެ ދުވަހަކީ އޮގަސްޓު އެއްވަނަ ދުވަހެވެ.

މި ގޮތަށް ބޮޑު ޗުއްޓީއެއް ލިބުމާއި ގުޅިގެން ގިނަ ބަޔަކު އެކި ރަށް ރަށަށް ދަތުރު ކުރަމުން ދާއިރު، އެޗްޕީއޭ އިން ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ނަން

    1 އެއީ ބަންދު ދުވަހެއް ހެން ހީވަނީ ސުރުހީ ކިޔާލީމަ