ޚަބަރު
ލާމަރުކަޒީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ކޮމިޓީން ފާސްކޮށްފި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގިނަ އިޞްލާޙުތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ދިރާސާކުރުމަށްފަހު، މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ރޭ އެ ބިލު ފާސްކޮށްފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިނެވެ.

މި ބިލުގައި ހިމެނޭ މުހިންމު އެއް މާއްދާއެއްގެ ގޮތުގައި، ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކާ ގުޅޭ ޝަރުތުތަކެއް ކަނޑައަޅާފައިވެއެވެ. މިގޮތުން، މި މަސައްކަތްތަކަކީ ކުންފުނި ނިސްބަތްވާ ރަށުގައި ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތްތަކުން ކުރަމުންދާ އިޤުތިޞާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކަމުގައި ނުވުމާއި، ރަށުގެ ޢުމްރާނީ ތަރައްޤީއަށް ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތަކަށްވުން ލާޒިމްކޮށްފައިވެއެވެ. އަދި މިފަދަ މަސައްކަތްތަކުގެ ރައުސްމާލުގެ އަދަދު 10 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާންޖެހޭނެއެވެ.

ބިލުގައި ހިމެނޭ އަނެއް މުހިންމު ބަދަލަކީ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތަކުން ކުލި ނުނެގޭނެ ކަމަށް ކަނޑައެޅުމެވެ. މީގެއިތުރުން، ކައުންސިލްތަކަށް ސަރުކާރުން ދޭ އެހީ ދޫކުރުމުގައި، ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި އާންމު ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ އުނިކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ކައުންސިލްތަކުގެ މާލީ ކަންކަން ބެލެހެއްޓުމާ ގުޅޭގޮތުން ވެސް ބިލުގައި މުހިންމު މާއްދާތަކެއް ހިމަނާފައިވެއެވެ. މިގޮތުން ކައުންސިލްތަކުގެ ބޭންކް އެކައުންޓްތައް ބަލަހައްޓަންވާނީ މާލީ ވުޒާރާއިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ނަމަވެސް، މި ބިލަށް ގެނެވޭ ބައެއް އިޞްލާޙުތަކާމެދު ގިނަ ބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ޚާއްޞަކޮށް، ކައުންސިލްތަކުގެ އުމުރު ހަމަވުމުގެ އެއް އަހަރު ކުރިން އެޅޭ ހަނިކުރުންތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މި މުއްދަތުގައި ދާއިމީ އަދި ކޮންޓްރެކްޓް މުވައްޒަފުން ނުނެގޭނެ ކަމަށާއި، ކައުންސިލްގެ އިޚްތިޞާޞްގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ނުދެވޭނެ ކަމަށާއި، އައު ތަރައްޤީގެ މަޝްރޫޢުތައް ނުފެށޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވުމަކީ ފާހަގަކުރެވޭ ކަންބޮޑުވުންތަކެވެ

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!