ޚަބަރު
ފިޔޯރީގައި ރުކެއް ކަނޑަން އުޅުމުގެ ތެރޭ ޒުވާނެއްގެ މޭކަށިގަނޑު ބިންދައިގެން ގޮސްފި؛ އިތުރު ފަރުވާއަށް މާލެ ގެނެވިފައި

ގދ. ފިޔޯރީގައި ރުކެއް ކަނޑަން އުޅުމުގެ ތެރޭގައި 38 އަހަރުގެ ޒުވާނެއްގެ މޭކަށިގަނޑު ބިންދައިގެން ގޮސްފިއެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ގޯއްޗެއްގެ މަސައްކަތަކަށް ރުކެއް ކަނޑަމުން ދަނިކޮށެވެ.

ފިޔޯރީ ކައުންސިލް މެންބަރު މުހައްމަދު ޝަހުމަތު ހުވަދޫ މީޑިއާއަށް މަޢުލޫމާތު ދެއްވި ގޮތުގައި، މި މަސައްކަތުގައި އަނިޔާވި ޒުވާނާގެ އިތުރުން އޭނާގެ ރައްޓެހިންނާއި ޢާއިލާގެ ބައެއް މެންބަރުން ބައިވެރިވެފައިވެއެވެ.

ހާދިސާ ހިނގާފައިވަނީ ރުއް ކެނޑުމަށް ބޭނުންކުރި ވާގަނޑުގައި ހިފަހައްޓައިގެން ހުއްޓައި، ރުއް އެހެން ދިމާލަކަށް ވެއްޓުމާ ގުޅިގެން ވަލަށް ބޮޑަށް ވާންވުމުންނެވެ. އެހެން މީހުން ވަލުން ދޫކޮށްލުމުން، ވަލުގެ މުގުލުގައި ހިފަހައްޓައިގެން ހުރި ޒުވާނާ ވިއްސައިގެން ގޮސް ބިންމައްޗަށް ވަރަށް ބާރަށް ވެއްޓިފައިވެއެވެ.

ބިންމައްޗަށް ވެއްޓުމުން ނޭވާ ހުއްޓުނު ނަމަވެސް، ވަގުތުން ދެވުނު ފަރުވާއާ ގުޅިގެން އަލުން ނޭވާލާން ފަށާފައިވެއެވެ. ޒުވާނާއަށް ވާހަކަ ދެއްކުނު ނަމަވެސް، ނޭވާލާއިރު އެތެރެއަށް ތަދުވާކަމަށް އޭނާ ޝަކުވާ ކޮށްފައިވެއެވެ.

ފިޔޯރީ ރީޖަނަލް ހޮސްޕިޓަލުން ބެލިބެލުމުން އެނގިފައިވަނީ އޭނާގެ މޭކަށިގަނޑު ބިންދައިގެން ގޮސްފައިވާ ކަމަށެވެ. އަދި އިތުރު ފަރުވާ ހޯދުމަށްޓަކައި މިހާރުވަނީ މާލެ ގެންގޮސްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!