ޚަބަރު
ތެލަސީމިއާ ސެންޓަރުގައި މިހާރު ކަރަންޓް އެބަހުރި، ލޭއެޅުން މެދުކެނޑިފައެއް ނުވޭ: ހަލީމް

ތެލެސީމިއާ ސެންޓަރުގައި މިހާރު ސްޓެލްކޯ ކަރަންޓް އެބަހުރި ކަމަށާއި ލޭއެޅުން މެދުކަނޑާފައި ނުވާކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއް ރައްޒާޤް ހަލީމް ވިދާޅުވެއްޖެއެވެ.

ސޯޝަލްމީޑިއާ ގައި ހަލީމް ދެއްވި މައުލޫމާތުގައި، ކަރަންޓް ކެނޑުނު ވަގުތު ވެސް ވަގުތުން ބެކްއަޕް ކަރަންޓް ފޯރުކޮށްދެވުނު ކަމަށާއި، އަދި ލޭއެޅުމުގެ ޚިދުމަތް މެދުކެނޑިފައި ނުވާ ކަމަށް ވިދާޅުވިއެވެ.

“ކަރަންޓް ކެނޑުނު ވަގުތު ކްރޮސްމެޗް ހެދުން 5 ވަރަކަށް މިނިޓު މަޑުކޮށްލަންޖެހުނު. ރައްކާކޮށްފައިހުރި ލޭ އެއްވެސް ވަރަކަށް ކޮމްޕްރޮމައިޒް ނުވޭ،” މިހެން ހަލީމް ސޯޝަލް މީޑިއާގައި ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެދޭގޮތަށް ތެދުނޫން މައުލޫމާތު ފެތުރުން ހުއްޓާލުމަށް ހަލީމް ވަނީ އިލްތިމާސްކުރައްވާފައެވެ.

ތެލެސީމިއާ ސެންޓަރަކީ ތެލެސީމިއާގެ ބަލިމީހުންނަށް ޚާއްސަ ފަރުވާ ދޭ މަރުކަޒެއް ކަމަށްވެފައި، އެތަނުގައި ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތަކީ ބަލިމީހުންނަށް ލޭއެޅުމެވެ. މި ޚިދުމަތް މެދުނުކެނޑި ކުރިއަށްދާކަން ކަށަވަރުކުރުމަކީ އެ މަރުކަޒުގެ އެންމެ އިސް އަމާޒެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!