ޚަބަރު
މުޅި މާލެއަށް ކަރަންޓު ދީފި

މާލެއާއި ހުޅުމާލެއަށް މިއަދު ހެނދުނު ދިމާވި ކަރަންޓު މައްސަލަ ހައްލުކޮށް މުޅި ހުޅުމާލެއަށް ކަރަންޓު މިހާރު ދެވި، މުޅި މާލެއަށްވެސް ކަރަންޓު އަލުން ފޯރުކޮށްދެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މިއަދު ހެނދުނު 9:30 ކަންހާއިރު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނުއިރު، މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ސްޓެލްކޯއިން ވިދާޅުވީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އަދި މި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްކުރަމުންދާކަމަށް އެ ކުންފުނިން އޭރު ވިދާޅުވިއެވެ.

މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ ވަގުތު، ސްޓެލްކޯއިން ވިދާޅުވީ މާލޭގެ ބައެއް ސަރަހައްދުތަކަށް މިހާރު ކަރަންޓުދޭން ފަށާފައިވާ ކަމަށެވެ. އަދި ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކަށްވެސް ކަރަންޓުދީފައިވާކަމަށާއި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ގްރިޑް މިހާރު އެނަރޖައިޒް ކުރެވިފައިވާކަމަށްވެސް ސްޓެލްކޯއިން ވިދާޅުވިއެވެ.

އެންމެ ފަހުގެ މައުލޫމާތު ދެމުން ސްޓެލްކޯއިން ބުނީ “މުޅި ހުޅުމާލެއަށް ކަރަންޓު ދެވި، މުޅި މާލެއަށްވެސް ކަރަންޓު ދެވިފައިވާ ކަމަށެވެ އަދި މި ދިމާވި ދަތިތަކަށް މަޢާފަށް އެދިފައިވެއެވެ.

މިދިޔަ ޖޫން 1 ވަނަ ދުވަހުވެސް މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!