ޗެލްސީގެ ކުޅަދާނަ ފޯވަޑް ނިކޮލަސް ޖެކްސަން އެ ކްލަބު ދޫކޮށްދާން ޗެލްސީން އެއްބަސްވެއްޖެ އެވެ.
ޗެލްސީ އިން އޭނާ ދޫކޮށްލަން އެއްބަސްވެފައިމިވަނީ ނިއުކާސަލް ޔުނައިޓެޑް އިން އޭނާ ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނިކޮށެވެ.
ނިއުކާސަލް ޔުނައިޓެޑް އިން އިތުރު ފޯވަޑެއް ހޯދުމުގެ މަސައްކަތް ކުރަމުންދަނީ ބެންޖަމިން ސެސްކޯ ހޯދުމަށް އެ ކްލަބުން ކުރި މަސައްކަތް ނާކާމިޔާބުވުމުގެ ސަބަބުންނެވެ.
ހަމައެއާއެކު، އެ ކްލަބުގެ ފޯވަޑް އެލެކްޒެންޑަރ އިސާކް ހޯދުމަށް ލިވަޕޫލް އިން ކުރަމުންދާ މަސައްކަތާއިއެކު އެ ކްލަބާއި ކުޅުންތެރިޔާ އާއި ދެމެދު ޖެހިފައިވާ މައްސަލަތަކުގެ ސަބަބުން ނިކޮލަސް ޖެކްސަން ހޯދުމަށް ކްލަބުން ދަނީ މަސައްކަތްކުރަމުންނެވެ.
ޖެކްސަން ދޫކޮށްލުމަށް ޗެލްސީން ނިންމާފައިވާއިރު މިހާރު ކުރިއަށްދާ ޓްރާންސްފަރ ބާޒާރުގައި އެ ކްލަބުން ވަނީ ކުޅަދާނަ ދެ ފޯވާޑުން ކަމުގައިވާ ޖޮއާއޯ ޕެޑްރޯގެ އިތުރުން ލިއާމް ޑެލަޕް ގެނެސްފަ އެވެ.
ޗެލްސީން އުންމީދު ކުރަނީ 2023 ވަނަ އަހަރު ވިޔަރެއާލް އިން ސެނެގާލް ފޯވާޑް ގެނައުމަށް ހަރަދުކުރި 32 މިލިއަން ޕައުންޑުގެ މަދުވެގެން ދެގުނަ ލިބޭނެ ކަމަށެވެ.
ޖެކްސަންގެ މޮޅު ގޯލްތަކާއި އެސިސްޓްތަކުގެ ތަފާސްހިސާބުތަކުގެ ސަބަބުން ނޮނީ މަޑޫކޭ ގެނައުމަށް އާސެނަލް އިން ދެއްކި 52 މިލިއަން ޕައުންޑަށް ވުރެ އޭނާގެ އަގު ބޮޑު ކަމަށް އެ ކްލަބުން ގަބޫލުކުރެ އެވެ.
އެމީހުން އެދުނު އަގު ފުރިހަމަ ނުވެއްޖެނަމަ ޗެލްސީން ނިންމާފައިވަނީ ޖެކްސަން އަލުން ޓީމަށް ގެނައުމަށެވެ.
ޖެކްސަން ވަނީ މިދިޔަ ސީޒަނުގައި 30 ލަނޑު އެ ކްލަބަށް ކާމިޔާބުކޮށްދީފަ އެވެ.

