ޚަބަރު
މިއަހަރުގެ މިހާތަނަށް ދަރިވަރުންގެ ލޯނު ސްކީމަށް 1.01 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވޭ

މިއަހަރުގެ މިހާތަނަށް ދަރިވަރުންގެ ލޯނު ސްކީމަށް 1.01 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ސަރުކާރުގެ އެހީގައި މިވަގުތު 10،000 އަށްވުރެ ގިނަ ދަރިވަރުން މަތީ ތަޢުލީމު ޙާސިލުކުރަމުންދެއެވެ.

ސަރުކާރުން މަތީ ތައުލީމު ހާސިލްކުރުމަށް 3 ގޮތަކުން ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދެއެވެ. އެއީ ކިޔަވަން ލޯނުދިނުމާއި، ސްކޮލަރޝިޕް ދިނުމުގެ އިތުރުން ހިލޭ ޑިގްރީ ޕްރޮގްރާމްގެ ތެރެއިން ޚަރަދުކުރުމެވެ. މިގޮތުން، އަހަރުގެ މިހާތަނަށް ދަރިވަރުންގެ ލޯނު ސްކީމަށް 1.01 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި ސްކޮލަރޝިޕް ދިނުމަށް 350 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ހިލޭ ޑިގްރީ ޕްރޮގްރާމަށް ވަނީ 250 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ.

ނިމިދިޔަ 2024 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް 1،159 ދަރިވަރުން ސްޓޫޑެންޓް ލޯނުގެ އެހީގައި ކިޔަވަން ފަށާފައިވާއިރު، މި މުއްދަތުގައި 964 ދަރިވަރުން ދަސްވެނިވެފައިވާ ކަން ފާހަގަކޮށްލެވެއެވެ. ހަމައެއާއެކު، މި މުއްދަތުގައި 2،051 ދަރިވަރަކަށް ކިޔަވަން ލޯނު ދިނުމަށް ސަރުކާރުން ނިންމަވާފައިވާއިރު، ރާއްޖެ ހިމެނޭހެން ބޭރުގެ 40 ޤައުމެއްގައި 1،676 ދަރިވަރުން ދަނީ ސްޓޫޑެންޓް ލޯނު އެހީގައި ކިޔަވަމުންނެވެ.

ފާއިތުވި އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް 268 ދަރިވަރުން ސަރުކާރުގެ ސްކޮލަރޝިޕްގެ އެހީގައި ކިޔަވަން ގޮސްފައިވާއިރު، 357 ކުދިން މި މުއްދަތުގައި ދަސްވެނިވެފައިވެއެވެ. އަދި މި މުއްދަތުގައި 1177 ދަރިވަރަކަށް ސްކޮލަރޝިޕް ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައިވާއިރު، ރާއްޖެ ހިމެނޭހެން ބޭރުގެ 20 ޤައުމެއްގައި 607 ދަރިވަރުން ދަނީ މިވަގުތުވެސް ސްކޮލަރޝިޕްގެ އެހީގައި  މަތީ ތަޢުލީމު ޙާސިލުކުރަމުންނެވެ.

ހިލޭ ޑިގްރީ ސްކީމަށް ބަލާލާއިރު, 2024 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް 4،300 ދަރިވަރުން މި ސްކީމުގައި ރަޖިސްޓްރީވެފައިވާއިރު، މިސްކީމުގެ ތެރެއިން ކިޔެވި 5،568 ދަރިވަރުން ވަނީ ދަސްވެނިވެފައެއެވެ. އަދި ހިލޭ ޑިގްރީ ސްކީމުގެ ދަށުން މިވަގުތު 8،357 ދަރިވަރުން ދަނީ ކިޔަވަމުންނެވެ.

މުޖުތަމައުގައި ތައުލީމީ ޒުވާނުންގެ އަދަދު އިތުރުކުރުމަށް މަތީ ތައުލީމުގެ ފުރުސަތުތައް ވީހާވެސް ފުޅާކޮށް، ވީހާވެސް ގިނަ ޒުވާނުންނަށް ކިޔެވޭނެހެން ކިޔެވުމަށް ލުއި ފަސޭހަ ގޮތްތަށް ހޯދައިދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!