ޚަބަރު
ޖޯންސަން އެންޑް ޖޯންސަން ވެކްސިން ބޭނުން ކުރުމާއި މެދު އެފްޑީއޭގެ އިންޒާރެއް!

ކޮވިޑް-19 އާއި ދެކޮޅަށް ދެމުންދާ އެއް ޑޯޒްގެ ވެކްސިނެއް ކަމުގައިވާ ޖޯންސްނަ އެންޑް ޖޯންސަން ވެކްސިން ބޭނުން ކުރުމާމެދު ސަމާލުވާން ޖެހޭ މުޅިން އާ އިންޒާރެއް ނެރުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފް.ޑީ.އޭ)އިން ތައްޔާރު ވަމުން އެބަދެއެވެ.

މިވެކްސިން ބޭނުން ކުރުމުގެ ސަބަބުން، މަދުން ނޫނީ ނުފެނަން އޮޓޯ އިމިއުން ޑިސްއޯޑަރ، ނުވަތަ ހަށިގަޑުގެ ދިފާއީ ނިޒާމު ހަރަކާތްތެރި ވަމުންދާ ގޮތަށް އަންނަ ކުއްލި ބަދަލަކާއި ގުޅުންހުރި އިންޒާރެއްކަމަށް، ކަމާ ގުޅުންހުރި ފަރާތަކާ ހަވާލާދީ އެމެރިކާގެ ވޮޝިންގޓަން ޕޯސްޓުން ހޯމަ ދުވަހު ހާމަ ކޮށްފައި ވެއެވެ.

މިހާތަނަށް އެމެރިކާގައި ދީފައިވާ ޖޯންސަން އެންޑް ޖޯންސަންގެ 12.8 މިލިަން ޑޯޒް ވެކްސިންގެ ތެރެއިން، ގިލައިން-ބާރ ސިންޑްރޯމް ގެ 100 ވަރަކަށް ކޭސް ރިޕޯޓު ކޮށްފައިވާ ކަން އެންމެ ފުރަތަމަ ހެދިފައިވާ ދިރާސާތަކުން ދައްކާފައިވާ ކަމަށް އެމެރިކާގެ ސެންޓާރ ފޯރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއިން ނެރެފައިވާ ބަޔާނެއް ގައި ބުނެފައިވެއެވެ. މިއީ ހަށިގަޑުގެ ދިފާއީ ނިޒާމުން ނާރުތަކަށް ހަމަލާ ދިނުމުގެ ސަބަބުން އުފެދޭ ސިއްޙީ މައްސަލައެކެވެ.  ސީޑީސީ އިން ބުނެފައިވާ ގޮތުގައި މި ބަލި ގިނައިން ފެންނަނީ ވެކްސިން ޖަހާތަ ދެ ހަފްތާފަހުން އުމުރު 50 އަަހަރުން މަތީގެ މީހުންގެ ކިބައިންނެވެ.

ޖޯންސަން އެންޑް ޖޯނަސްން ވެކްސިން ޖެހުމުގެ ސަބަބުން ގިލައިން-ބާރ ސިންޑްރޯމްގެ ރިސްކު އޮތްކަމަށް ބުނެ، ޔޫރަޕްގެ ހެލްތު ރެގިއުލޭޓަރުންވެސް ވަނީ، މީގެ ކުރިން މި ވެކްސިނާ ގުޅޭގޮތުން އިންޒާރެއް ނެރެފައެވެ. ފައިޒާއާއި މޮޑާނާގެ ދެ ދޯޒް ޖެހުމުގެ ބަދަލުގައި ގިނަ ބަޔަކު ޖޯންސަން އެންޑް ޖޯންސަންގެ އެއްޑޯޒް ޖަހަމުން ދިޔަ ކަމުގައި ވިނަމަވެސް، މި އިންާރާއި ގުޅިގެން މި ވެކްސިންގެ ބަދަލުގައި އެހެން ދެ ޑޯޒް ޖަހަންޖެހޭ މޮޑާނާ ނުވަތަ ފާއިޒާ ވެކްސިން ގިނަ ބަޔަކު ޖަހާނެ ކަމަށް ވަނީ ބެލެވިފައެވެ.

މި ވެކްސިނާއި ގުޅިގެން އެފްޑީއޭ އަދި ސީޑީސީ އިން ނެރުނު ދެވަނަ އިންޒާރެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!