ޚަބަރު
ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމެއް ސިޓީސް މިނިސްޓްރީގައި ފަށައިފި

ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމެއް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގައި ފައްޓައިފިއެވެ.

އިއްޔެ މެންދުރުފަހު ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ފައްޓަވައި ދެއްވީ މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރެވެ.

މިއީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރުގެ އެދިވަޑައިގަތުމަކަށް، ސިވިލް ސަރވިސް ކޮމިޝަނުން ކުރިއަށް ގެންގޮސްދެއްވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމު ޚާއްޞަކުރައްވާފައި ވަނީ މިނިސްޓްރީގައި ވަޒީފާއަދާކުރައްވާ މަދަނީ މުވައްޒަފުންނަށެވެ. ޕްރޮގްރާމު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި، މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމުގެ ނަމުގައި މިއަދު ފެށުނު މި ޕްރޮގްރާމުގެ މިއަދުގެ ދަންފަޅި ހިނގަމުންދަނީ ސްޓެލްކޯގެ އޮޑިޓޯރިއަމުގައި ކަމަށް ވިޔަސް މާދަމާއިން ފެށިގެން ދަންފަޅިތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ސިވިލް ސަރވިސް ކޮމިޝަންގެ އޯކިޑު މާލަމުގައާއި، މިނިސްޓްރީގެ ޕަބްލިކް ވަރކްސް ޑިޕާޓްމެންޓްގައެވެ.

މިއަދު ފެށުނު މި ޕްރޮގްރާމުގެ ސެޝަންތައް މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. ސެޝަންތައް އޮންނާނީ މެންދުރުފަހުގައެވެ. ސިޓީސް މިނިސްޓްރީން އަންނަނީ މުވައްޒަފުން ތަމްރީންކުރުމަށް ޓަކައި ތަފާތު ޕްރޮގްރާމުތައް ހިންގަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!