ވާހަކަ
ޖާހިލުކަމަކީ ބަނބުކެޔޮ ކަރުން ދުޅަ ބައްޔަށް ބޭސް ކުރަން ވެސް ޖެހިދާނެ ކަމެއް!

ފުވައްމުލަކު ފާމުދޭރި ކިލެގެފާނުންގެ ކަރިއްޔަ މުޙައްމަދު ދީދީ ފެންފުށީ ގަނޑުވަރު ޢަލިދީދީ ވާހަކަ ކިޔައިދެއްވިއެވެ.

ބަނބުކޭލަކީ މާއިހަކު މިރާއްޖޭގައި ހުންނަ އެއްޗެއް ނޫނެވެ. ބަނބުކެޔޮ ގަސް އިންޑިޔާއިން މިރާއްޖެއަށް ފުރަތަމަ ގެންނެވީ، ތިމަންގެ ކާފައި ކަލޭގެފާނުންގެ ބަފައިކަލުންނަށަވި (ކާފަގެ ބައްޕަ) އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީން ރަދުންނެވެ. މިރަދުން ބަނބުކެޔޮ ގަސް ގެންނަވައިގެން އެއިގެތެރެއިން ގަހެއް މިރަށު (ޔަޢުނީ ފުވައްމުލަކު) ދޫޑިގަމު އެދުރު މަނިކުފާނަށް ފޮނުއްވައިފިއެވެ. ގަސްގެނައި މީހާ އެދުރު މަނިކުފާނުގެ އަރިހު ދެންނެވި ބަހަކީ ރަދުން ވިދާޅުވިއެވެ. “މިއީ ވަރަށް ރަނގަޅު އެއްޗެކެވެ. ރަނގަޅު ކާނާއަކަށްވެސް ފުދޭނެއެވެ.”

ދެން އެދުރު މަނިކުފާނު މިގަސް ދޫޑިގަމު އެދުރުގޯތީން ބޭރު އިރުމަތީ ފަރާތުގައި އިންދަވައިގެން ރަނގަޅަށް ހެދެމުން އަންނަނިކޮށް އެދުރުމަނިކުފާނަށް ދުޅަބަލީގެ އާލާސްކަންފުޅު ޖެހިއްޖެއެވެ. މިރަށު މީހުންނަކީ އެބަލިދެކެ މާބިރުގަންނަ ބަޔެކެވެ. އެބަލި ޖެހިއްޖެ މީހަކު ލައި އުޅެނީވެސް ވަލަށެވެ. އެކަމަކު އެދުރު މަނިކުފާނުގެ ޖާހު ބޮޑުކަމާއި މީހުންނަށް އެމަނިކުފާނުގެ ބޭނުން ބޮޑުކަމުން ވަލަށް ލާން ނުކެރި ގޯތީގެ އިރުމަތީފުޅަފު ކައިރީގައި ކުޑަ ގެޔެއް އަޅައިފައި އެގެޔަށް ލައިގެން އެދުރު މަނިކުފާނުގެ ދަރިވަރުން ދަންފަޅި ބަހައިގެން އެމަނިކުފާނުންގެ އަރިހުގައި އުޅެމުންދިޔައެވެ.

މިދުވަސްވަރު އެއްކަލަ ގަހުން ދިގު އެއްޗެހިތަކެއް ނުކުންނާން ފަށައިފިއެވެ. މިވާހަކަ އެދުރު މަނިކުފާނުންގެ އަރިހުގައި އެބައިމީހުން ދެންނެވީމާ ވިދާޅުވިއެވެ. “ކޮބާ ނިކަން ތިޔަ ގެނެސްބަލާށެވެ.”

ދެން އެދުރު މަނިކުފާނުން މިތަކެތި ބައްލަވާފައި މިތަނުން ދެތިން ހަތަރު ތޮޅިއެއް ވަށްފޮއްޗަށް ކޮށައި ފެނު ކައްކައިގެން ކާން އުޅެއުޅެ މިބައިމީހުންގެ އަރުން އެތެރެޔަކަށް މިޔެއް ނުދިޔައެވެ. ދެން އެދުރު މަނިކުފާނު ވިދާޅުވިއެވެ. “ތިޔަތަކެތި ދެން އުކާލާށެވެ. ކޮންމެއަކަސް ތިޔައަކީ ފަސޭހަގޮތަކުން ކެވޭ އެއްޗަކަށް ނުވީތާއެވެ.”

ދެން މިބައިމީހުން މިތަކެތި އުކާލާފާ ތިއްބާ ކުޑަދުވަސްކޮޅަކުން ގަހުގައި މާފަލަ ޒާތުގެ ހަޔެއްކަ އެތި ނުކުމެގެން އެބަހަރަ ބޮޑުވެއެވެ. މިވާހަކަ ދެންނެވީމާ އެދުރު މަނިކުފާނުން ވިދާޅުވިއެވެ. “އާނއާނ! ތިޔައިގެ މޮޅު އެއްޗަކީ ތިޔަ ނުކުންނަނީ ތޯއްޗެކެވެ. ދޮން ވެގެން ވެއްޓޭން ދެން ތިބޭށެވެ.”

މިހެން ވިދާޅުވެފައި އޮއްވައި އެއްރެޔަކު ދަންވަރު މިގަސްދަށުން ބަންކިޔާފައި އަޑެއް އިވިއްޖެއެވެ. މިތާ ތިބި ދެތިންކުދިން ގަތްބިރުން އެކަކު އަނެކަކަށް އަނގައިންވެސް ނުބުނެ އިރު އަރާންދެން ހިމޭނުން ތިއްބެވެ. އިރުއެރިފަހުން ގޮސްބެލިއިރު މިއިވުނު އަޑަކީ މިގަހުގަ އިން ބޮޑު އެއްޗެއް ވެއްޓިގެން އައިސް ބިންމަތީގައި ޖެހުނު އަޑުކަމުގައި ވެއްޖެއެވެ.

ދެން މިބައިމީހުން މިނަގައިގެން އައިސް އެދުރު މަނިކުފާނަށް ދެއްކީމާ ވިދާޅުވިއެވެ. “ވަޅިޔަކުން ފަޅާލަބަލާށެވެ.” ފަޅާލީމާ ކަރުގަނޑު ދައްކަވާފައި ވިދާޅުވިއެވެ. “ކާންވީ އެއްޗަކީ މިއޮތީ ކަމަށް ވާނީ. ކޮންމެ އެއްޗެއްގެވެސް އެންމެމޮޅުވާނީ އެންމެ އެތެރޭގައި އޮންނަތަނެއް ވިއްޔާ،”

ދެން މިކަރުގަނޑު ނަގައިގެން ކުދިކުދިކޮށް ކޮށައިގެން ރާފޮނި އަޅައިގެން ކައްކައިފިއެވެ. އެދުރު މަނިކުފާނުން މިފަރިއްކުޅުވައިފިއެވެ. އެރޭ އެދުރުމަނިކުފާނަށް ވީ ގޮތަކީ ނުލާހިކުވަރަށް ބޭރަށްހިންގަވައި ވަޑައިގަތުމެއްގެ ތަކުލީފު އުފުއްލަވަން ޖެހިވަޑައިގެންނެވިއެބެ. ދެތިން ދުވަހު ބޭރަށްހިންގުމުގެ އުނދަގުލާއި ވޭނުގައި އުޅުއްވާފައިމެ އެދުރު މަނިކުފާނުގެ އާލާސްކަންފުޅު ފަސޭހަވާން ފަށައިފިއެވެ. މިބައިމީހުން އެންމެން ބުނެފިއެވެ. “ތިޔަ އެއްޗަކީ ވަރަށްމޮޅު އެއްޗެކެވެ. ތިޔައީ ދުޅަބަލީގެ ބޭހެވެ.”

ދެންމިކަން މިހެން ހިނގިފަހުން އެގަހުގައި އަޅާ އެއްޗަކާ މީހުންނަކު އަޅައެއް ނުލަތެވެ. މިހެން އެތައް ދުވަހެއްވީފަހުން ރަށުގާ ފެންބޮޑުވެ ރަށް ތަދުވެގެން އުޅުނު ދުވަސްވަރެއްގައި މީހުން އެދުރު މަނިކުފާނުގެ އަރިހުގައި ދަންނަވައިފިއެވެ. “މިގަހުން ވެރޭތަކެތި މިތާކު އުޅޭ މުސްކުޅި ދައިތަޔަކު ގެންގޮސްގެން އެގޮތް މިގޮތް ހަދައިގެން ކައިއެބައުޅެއެވެ. އެދައިތާގެ ގޭތެރެ ވަރަށްވެސް ތިޔާގިއެވެ.”

ދެން އެދުރުމަނިކުފާނު އެދައިތާ ގެންނަވައިގެން އެއްސެވީމާ ދެންނެވިއެވެ. “އަޅުގަނޑު އެއްރެޔަކު ފަތިހު ހީކަރުވައިގަނެގެން މިތަންގަނޑެއްގައި އަލިފާންގަނޑެއް ޖަހައިގެން އުޅެނިކޮށް މާމީރު ކާއެއްޗެއްގެ ވަސްދުވާންފެށީމާ ބެލިއިރު އެއީ މިގަހުން ވެއްޓިފައި އޮތް އެއްޗެއް ފިހެވެނީއެވެ. އަޅުގަނޑު އޭގެ ރަހަބެލިއިރު ވީ ވަރަށް މީރު ކާއެއްޗަކަށެވެ. ދެން އަޅުގަނޑު އެއްޗެހިތައް ގޭދޮށަށް ގެންގޮސްގެން ފިހެގެން ފެނު ކައްކައިގެން އެގޮތް މިގޮތަށް ކައިއުޅޭތާ ކިތަންމެ ދުވަހެކެވެ.

ދެން އެދައިތާގެ ކިބައިން އެދުރު މަނިކުފާނު ބަނބުކެޔޮ ކެއުމުގެ ގޮތްތައް އައްސަވައި ދަސްފުޅު ކުރައްވައިފިއެވެ. ދެން އެތަން މިތާގައި ބަނބުކެޔޮ ގަސްތައް ހެދި ގިނަވެއްޖެއެވެ. މިހެންވެއޭ މިބުނީ “ޖާހިލުކަމަކީ ބަނބުކެޔޮ ކަރުގަނޑުން ދުޅަބައްޔަށް ބޭސްވެސް ކުރެވޭ” ކަމެކެވެ.

(ލިޔުން:މުހައްމަދުޝާފިއު ބްލޮގުން/ލިޔުއްވީ:ޙުސައިން ޞަލާޙުއްދީނު ރަޙިމަހުﷲ)

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!