ޚަބަރު
މައްސަލަ ހައްލުކޮށް ކަރަންޓު ކެނޑުނު ތަންތަނަށް އަލުން ކަރަންޓުގެ ހިދުމަތް ދީފި

މާލެ އާއި ހުޅުމާލެއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު މައްސަލަ ހައްލުކޮށް، މިހާރު ވަނީ ހުރިހާ ސަރަހައްދަކަށް ކަރަންޓުގެ ޚިދުމަތް ދޭން ފަށާފައެވެ.

މިއަދު މެންދުރު 12:35 ހާއިރު މުޅި މާލެއާއި ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިފައިވާއިރު، އެކި ހިސާބުތަކަށް ކަރަންޓު ދެމުން ގޮސް ހުރިހާ ތާކަށް ކަރަންޓު ދީ ފުރިހަމަކުރެވުނީ 13:50 ހާއިރުއެވެ.

ސްޓެލްކޯއިން މިކަމާ ގުޅޭ ގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ “ޚިދުމަތް ނުލިބޭ އެއްވެސް ކަސްޓަމަރެއްވާނަމަ، ސްޓެލްކޯގެ ހޮޓްލައިން 104 އަށް ގުޅުއްވުން އެދެން” ކަމަށެވެ.

މުޅި މާލެއިން ކަރަންޓު ކެނޑުމާއި ގުޅިގެން ރައްޔިތުންނަށް ދިމާވި ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ. އަދި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ކަރަންޓު ކެނޑުމުގެ ސަބަބުން މާލެ އާއި ހުޅުމާލޭގެ ގިނަ ސަރަހައްދުތަކެއްގައި ވިޔަފާރިތަކާއި އޮފީސްތަކުގެ މަސައްކަތްތައް ވަނީ ވަގުތީގޮތުން މެދުކެނޑިފައެވެ. ނަމަވެސް މިހާރު ހުރިހާ ސަރަހައްދަކަށްވެސް ކަރަންޓުގެ ޚިދުމަތް ލިބެމުންދާކަން ސްޓެލްކޯއިން ވަނީ ކަށަވަރުކޮށްދީފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!