ޚަބަރު
އާރްޑީސީގެ ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ ޑީއެމް މަރްޔަމް އާނިޔާ؛ ކުންފުނީގެ ތަރައްޤީއަށް ކުރާ ފޮނި އުއްމީދުތަކާއެކު!

އާރްޑީސީގެ ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ ޑެޕިއުޓީ މެނޭޖަރ މަރްޔަމް އާނިޔާއަކީ ކުންފުނީގެ ކުރިމަގަށް އައު އުއްމީދުތަކެއް ގެނެސްދޭނެ ޤާބިލް މެނޭޖަރެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

އާރްޑީސީގެ ބިޒްނަސް ޑިވެލޮޕްމަންޓުހެ ޑީއެމް، މަރްޔަމް އާނިޔާގެ މަސައްކަތް މައިގަނޑު ގޮތެއްގައި ބެހިގެންވަނީ ދެ ބަޔަކަށެވެ. އެއީ ބިޒްނަސް ރިސާރޗް އަދި ޕްރޮޑަކްޓް ޑިވެލޮޕްމަންޓްގެ މަސައްކަތްތަކެވެ. މި ދެ ދާއިރާއިން ކުންފުނީގެ ކުރިއެރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށް އާނިޔާ ފާހަގަކުރެއްވިއެވެ.

ބިޒްނަސް ރިސާރޗްގެ ދަށުން އާނިޔާ ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ކުންފުނީގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ދެނެގަތުމާއި، އައު ޕްރޮޑަކްޓްތައް ތަޢާރަފުކުރުމުގެ ފުރުސަތުތައް ދިރާސާކުރުން ހިމެނެއެވެ. އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މިހާރު ހުރި ޕްރޮޑަކްޓްތައް އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތައް ހޯދުމަކީވެސް މި މަސައްކަތުގެ މުހިންމު ބައެކެވެ.

އަޅުގަނޑު އާރްޑީސީގައި މި މަސައްކަތް ކުރަނީ ވަރަށް ހިތްހަމަ ޖެހިގެން. އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ކުންފުނީގެ ފަރާތުން ވަރަށް ބައިވަރު އޮޕޮޗުނިޓީސް(ފުރުސަތު) މުވަައްޒަފުންނަށް ދޭ. އެގޮތުން ފާހަގަޮށްލަން ބޭނުން ވަރަށް ބައިވަރު ޓްރެއިނިންގ އޮޕޮޗުނިޓީސް ހަމަަ ހުރިހާ މުވަައްޒަފުންނަށްވެސް ލިބޭ ގޮތަށް އިންތިޒާމު ކޮށްފައި އޮވޭ،” އާނިޔާ ވިދާޅުވިއެވެ.

އާރްޑީސީގެ ކޮންމެ ޑިޕާޓްމަންޓެއްގައިވެސް ހަރުދަނާ ޓީމެއް މަސައްކަތްކުރާކަން އާނިޔާ ފާހަގަކުރެއްވިއެވެ. އަދި އޭނާގެ ޑިޕާޓްމަންޓްގެ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކަމާއި، މަސައްކަތްތައް ގުޅިގެން ކުރިއަށްގެންދާ ގޮތް ޚާއްޞަކޮށް ފާހަގަކުރެއްވިއެވެ.

“އަޅުގަނޑުގެ ޑިޕާޓްމަންޓްގެ ހުރިހާ މުވައްޒަފުންވެސް ވަރަށް ގުޅިގެން މަސައްކަތްތައް ބަހާލައިގެން ކުރާ ވާހަކަ ފާހަގަކޮށްލަން،” އާނިޔާ ވިދާޅުވިއެވެ،

“އަޅުގަނޑު ދެކެން ބޭނުންވަނީ އަޅުގަނޑުމެން ރިސާޗްކޮށް ޑިވެލޮޕްކޮށްގެން ނެރޭ އައު ޒަމާނީ ޕްރޮޑަކްޓްތައް ރައްޔިތުންނަށް ވީހާވެސް އަވަހަށް ފޯރުކޮށްދީ އެ އިމްޕެކްޓް ފެންނާނެ ދުވަހެއް،” އާނިޔާ ވިދާޅުވިއެވެ.

މި ލަނޑުދަނޑި ހާސިލުކުރުމަށް އަވަސް މަސައްކަތްތަކެއް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!