ޚަބަރު
ރާއްޖޭގެ 12 ސަރަހައްދެއްގައި، ވިޔަފާރިއަށް ޒުވާނުން އަހުލުވެރި ކުރުވުމަށް ކޭމްޕުތަކެއް

ޒުވާނުންގެ ދުވަހާ ގުޅުވައިގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ޒުވާނުން ވިޔަފާރީގެ މާހައުލަށް ޝައުގުވެރިކޮށް އަހުލުވެރިކުރުވުމުގެ ގޮތުން “ވުނާރި: ބިޒްނަސް ކޭމްޕް” ގެ ނަމުގައި ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދިޔަ މި ހަރަކާތް، ރާއްޖޭގެ 12 ސަރަހައްދެއްގައި ބޭއްވިފައިވާކަމަށް ބީސީސީން މައުލޫމާތު ދީފައިވެއެވެ.

ބީސީސީގެ މެނޭޖަރ ސްޓްރެޓެޖިކް ޑިވެލޮޕްމަންޓް ރީޖަނަލް ސަރވިސަސް ހުސައިން ނުވާސް ޕީއެސްއެމް ނިއުސްއަށް ވިދާޅުވި ގޮތުގައި މި ހަރަކާތް އަމާޒުކުރެވިފައިވަނީ 16 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އަދި ރާއްޖޭގެ އުތުރުން ފެށިގެން ދެކުނާ ހަމައަށް ކުރިއަށްގެންދެވުނު މި ހަރަކާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

“އިވެންޓްގެ މައިގަނޑު އެއް މަޤްސަދަކީ ޒުވާނުން ވިޔަފާރީގެ މައިދާނަށް ނެރުން. މި އިވެންޓާއި އެހެން އިވެންޓާ ތަފާތުވާ މައިގަނޑު ސަބަބަކީ މި އިވެންޓު ބޭއްވިގެން މިދިޔައީ ޒުވާނުން ޝައުގުވެރިވާ ކަންތައްތަކެއްގެ ތެރެއިން ޒުވާނުން ވިޔަފާރީގެ ތެރެއަށް ވެއްދުމަށް,” ނުވާސް ވިދާޅުވިއެވެ.

މި ހަރަކާތުގެ ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ ގޮނޑުދޮށް ސަރަހައްދުގައި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވުމެވެ. މީގެ ބޭނުމަކީ ދިވެހިންނަކީ މުއްސަނދި ތިމާވެއްޓެއް އޮތް ގައުމެއްގެ ރައްޔިތުންކަން ޒުވާނުންނަށް އަންގައިދީ، ކުޅިވަރުތަކުގެ ތެރެއިން ވިޔަފާރީގެ މަފްހޫމްތަކަށް އަހުލުވެރިކުރުވުންކަމަށް ބީސީސީން ބުނެފައިވެއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށް ބީސީސީން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާއިރު، މިވަގުތު ވިޔަފާރީގެ ދާއިރާގައި ޒުވާނުންގެ ހިއްސާ ހުރީ 20 ޕަސެންޓްގައި ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!