ޚަބަރު
ޒަކާތުގެ ގާނޫނާއެކު މުޅި އިސްލާމީ ދުނިޔޭގައިވެސް ފާހަގަ ކޮށްލެވޭފަދަ ޒަކާތުގެ ނިޒާމެއް ގާއިމު ކުރެވޭނެ: ވަޒީރު

ޒަކާތާގުޅޭ ކަންކަން އިތުރަށް ހަރުދަނާކޮށް، ކުރިއެރުވުމަށް އެކުލަވާލެވޭ ޚާއްސަ ޤާނޫނާއެކު މުޅި އިސްލާމީ ދުނިޔޭގައިވެސް ފާހަގަކޮށްލެވޭފަދަ ރަނގަޅު ހަރުދަނާ ޒަކާތުގެ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމުކުރެވިގެންދާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

7 އަހަރުގެ މެދުކެނޑުމަކަށްފަހު ޒަކާތު ސްކޮލަރޝިޕް ހަވާލުކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ތާރީޚީ ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ވަޒީރު މިފަދައިން ވިދާޅުވިއެވެ.

ރާއްޖޭގެ ޒަކާތުގެ ނިޒާމުގެ ތާރީޚަށް އަލިއަޅުއްވާލައްވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، “ރާއްޖެއަށް އެކި ދާއިރާތަކުން އައި އިސްލާހީ ބަދަލުތަކުގެ ތެރެއިންވެސް ސިޔާސީ ގޮތުން ރޯޅިއެއް ނުވަތަ ލޮޅުމެއް ނައިސްއޮތް ހަމައެކަނި ދާއިރާއަކީ ޒަކާތުގެ ދާއިރާ” އެވެ.

އިސްލާމިކް މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، ޒަކާތު ހައުސްގެ ނަމުގައި ޒަކާތުގެ ކަންކަން ކުރިއަށްގެންދިޔުމަށް ވަކި އިދާރާއެއް އުފައްދާފައިވާއިރު، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބެއްލެވުމުގެ ދަށުން ޒަކާތު ހައުސްގެ މަސައްކަތްތައް ޒަމާނާ އެއްގޮތަށް އިތުރަށް ވަރުގަދަވަމުން އެބަދެއެވެ.

މި ހަފްލާއަކީ ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވޭއިރު، އަލަށް އެކުލަވާލެވޭ ޚާއްސަ ޤާނޫނާއެކު ރާއްޖޭގެ ޒަކާތުގެ ނިޒާމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!