ޚަބަރު
ފާއިތުވި 24 ގަޑިއިރު ތެރޭ ޣައްޒާއިން 60 ޝަހީދުން

އަނިޔާވެރި އިޒްރޭލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ އުދުވާނީ ހަމަލާތަކުގެ ތެރެއިން ފާއިތުވި 24 ގަޑިއިރު، ޣައްޒާއިން 60 މީހުން ޝަހީދުކޮށްލައިފިއެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީން މިކަން ހާމަކޮށްފައިވާއިރު، ހަމަލާތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުވެފައި ތިބި މީހުންގެ އަދަދު އަދި ކަށަވަރު ކުރެވިފައި ނުވާ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މިހާތަނަށް 7 އޮކްޓޯބަރ 2023 އިން ފެށިގެން އިޒްރޭލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި އައްޒާއިން ޝަހީދުކޮށްލި މީހުންގެ އަދަދު 62،005 އަށް އަރާފައިވާއިރު، އެކި ވަރުގެ އަނިޔާ ލިބުނު މީހުންގެ އަދަދު 156،230 އަށް އަރާފައިވާ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ނިރުބަވެރި އިޒްރޭލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި، އިޒްރޭލުގެ ވެރިރަށް، ތެލްއަވިވްގައި މުޒާހަރާވެސް ކުރަމުން އަންނައިރު، ހަނގުރާމަ ހުއްޓާލައި، ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުން އަންނަ ހަމާސް ޖަމާއަތާއި އެކީ އެއްބަސްވުމަކަށް އައުމަށް ގޮވާލައި، އިޒްރޭލުގެ ގިނަ އަދަދެއްގެ ބަޔަކު އަންނަނީ އެކި ސިޓީތަކުގައި މުޒާހަރާ ކުރަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!