ފެންޑާ
ފަތިސްތަރި: ފުރާވަރުގެ ދަރިފުޅު ރުޅިގަދަކަމުން ފިކުރުބޮޑުވަނީތަ؟ އެކުދިންގެ ގާތް އެކުވެރިއަކަށް ވާށެވެ!

ފުރާވަރުގެ ދަރިން ތަރުބިއްޔަތު ކުރުމަކީ ކޮންމެ މައިންބަފައިންނަށްވެސް ދިމާވާ ގޮންޖެހުންތަކެއް ހުރި މަސައްކަތެކެވެ. މި އުމުރުގައި ކުދިންގެ ކިބައިގައި ފާހަގަކުރެވޭ އެންމެ ބޮޑު އެއް ސިފައަކީ ފަސޭހައިން ރުޅިއައުމެވެ. މިއީ އެކުދިންގެ ހަށިގަނޑުގައި އަންނަ ހޯމޯނަލް ބަދަލުތަކާއި ގުޅިގެން އާންމުކޮށް ފެންނަ ކަމެކެވެ. ނަމަވެސް މިކަމަކީ މައިންބަފައިންނަށް ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަކަށް ވެއެވެ.

ފުރާވަރުގެ ދަރިންގެ ރުޅިވެރިކަމަކީ އެކުދިންގެ އިހުސާސްތައް ރަނގަޅަށް ހިއްސާނުކުރެވުމުގެ ސަބަބުން ދިމާވާ މައްސަލައެކެވެ. މި އުމުރުގައި ކުދިންނަށް އަމިއްލަ ނަފްސު ދެނެގަތުމަށް އުނދަގޫވެ، އެކުދިންގެ އިހުސާސްތައް ކޮންޓްރޯލް ކުރުމަށް ދަތިވެއެވެ. މިކަމުގެ ސަބަބުން ކުދިން ފަސޭހައިން ރުޅިއައިސް، އެހެން މީހުންނާ ދިމާކޮށް، ތަފާތު ނޭދެވޭ ޢަމަލުތައް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

މައިންބަފައިންގެ ހައިސިއްޔަތުން އެންމެ މުހިންމު އެއްކަމަކީ ދަރިފުޅުގެ ރުޅިއައި ސަބަބު ދެނެގަތުމެވެ. ރުޅިއައުމުން އިތުރަށް އެއްޗެހި ކިޔުމުގެ ބަދަލުގައި، ދަރިފުޅަށް އޭނާގެ އިހުސާސްތައް ހިއްސާކުރުމަށް ފުރުސަތުދީ، ވާނުވާ އޮޅުންފިލުވަން ޖެހެއެވެ. މިގޮތަށް ކަންތައް ކުރުމުން ދަރިފުޅަށް ހިތްހަމަޖެހުން ލިބި، ރުޅި ކޮންޓްރޯލްކުރަން ދަސްވާނެއެވެ.

ދަރިންނާއެކު ގަވާއިދުން ވަގުތު ހޭދަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ކުޅިވަރު ކުޅުމާއި، މަޖާކޮށްލުމާއި، އެކުދިންގެ ޝައުޤުވެރިކަން ހުރި ކަންކަމުގައި ބައިވެރިވުމަކީ އެކުދިންގެ ސްޓްރެސް ކުޑަކޮށް، މައިންބަފައިންނާ އޮންނަ ގުޅުން ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން ކުދިންގެ ރުޅިވެރިކަން މަދުވެ، އެކުދިންނަށް އުފާވެރި މާހައުލެއް ލިބިގެންދާނެއެވެ.

ދަރިފުޅު ރުޅިއައިސްގެން ރޮއެފިނަމަ، އެންމެ ރަނގަޅު ގޮތަކީ އޭނާ ކުށްވެރިނުކޮށް، ހަމަޖެހެން ވަގުތުދީ، އުދާސްތައް ބޭރުކުރަން ފުރުސަތު ދިނުމެވެ. އަދި ހަމަޖެހުމަށްފަހު އޯގާތެރިކަމާއި ލޯތްބާއެކު ވާހަކަދައްކައި، ވިސްނައިދިނުމެވެ. މިގޮތަށް ކަންތައް ކުރުމުން ދަރިފުޅަށް އަންނަ ހެޔޮ ބަދަލު ފާހަގަކުރެވޭނެއެވެ.

މައިންބަފައިން އެންމެ ބޮޑަށް ދުރުހެލިވާންވީ ކަންތައްތަކުގެ ތެރޭގައި އަބަދު އެއްޗެހި ގޮވުމާއި، ލެކްޗަރު ދިނުމާއި، އެހެން މީހުންގެ ކުރިމަތީގައި ކުދިންގެ އަގުވައްޓާލުން ހިމެނެއެވެ. މިފަދަ ކަންތައްތަކުން ކުދިންގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލި، އެކުދިން މައިންބަފައިންނާ ދުރުވެދާނެއެވެ.

ނިންމާލުމުގެ ގޮތުން ދަންނަވާނީ، ފުރާވަރުގެ ދަރިންގެ ރުޅިވެރިކަމަކީ އެކުދިންގެ ހަޔާތުގެ ވަކި މަރުހަލާއެއްގައި ދިމާވާ ވަގުތީ ކަމެކެވެ. މައިންބަފައިންގެ ހައިސިއްޔަތުން އަޅުގަނޑުމެން ކުރަންޖެހޭނީ އެކުދިންނަށް އެހީތެރިވެ، އެކުދިންގެ އިހުސާސްތައް ދެނެގަނެ، ރަނގަޅު މަގު ދައްކައިދިނުމެވެ. މިކަމުގައި ކެތްތެރިކަމާއި އޯގާތެރިކަމަކީ ވަރަށް މުހިންމު ދެ ސިފައެވެ. ކުދިންނަށް ހަރުކަށި މަންމައެއް ނުވަތަ ބައްޕައެއްގެ ބަދަލުގައި ސިއްރުތައް ހިއްސާކުރެވޭފަދަ ގާތް ރަހްމަތްތެރިއަކަށް މިތުތަކަށް ވާށެވެ. އަދި އެގޮތަށް ކުދިންގެ އަތުގައި ހިފައިގެން ސީދާ ރާސްތާ ދަައްކާށެވެ. އިސާހިތު ކުއްޖާ ހެޔޮލަފާ ދަރިފުޅަކަށް ވުން އޮންނާނީ ދާދި ގާތުގައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!