ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިރުޝާދާއި ވައުދުފުޅާ އެއްގޮތަށް، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، އަރިއަތޮޅު އުތުރުބުރި (އއ. އަތޮޅު) ވެފައިވަނީ، އޭޓީއެމްގެ ޚިދުމަތް ހުރިހާ ރަށެއްގައި ގާއިމުކުރެވުނު 8 ވަނަ އަތޮޅަށެވެ. މި މަޝްރޫޢަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، އިޤްތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން ކުރިއަށްގެންދާ، “މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް” މަޝްރޫޢެވެ.
އއ. މާޅޮހުގައި އޭޓީއެމްގެ ޙިދުމަތް ފެށުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމާއެކު، “މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް” މަޝްރޫއުގެ ދަށުން 8 އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރެވިފައިވާކަމަށެވެ. މި އަތޮޅުތަކުގެ ތެރޭގައި ހއ. އަތޮޅާއި، ށ. އަތޮޅާއި، ދ. އަތޮޅާއި، ނ. އަތޮޅާއި، މ. އަތޮޅުގެ އިތުރުން ކ. އަތޮޅާއި، ބ. އަތޮޅު އަދި އއ. އަތޮޅު ހިމެނެއެވެ.
ޝަރީފް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށްވެސް ފަސޭހައިން ބީއެމްއެލްގެ ޚިދުމަތް ހޯދޭނެހެން ބޭންކުގެ ޚިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ބ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމްކުރުމަށް ފަހު، ބ. މާޅޮހުގައި ބުރާސްފަތި ދުވަހު ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، މިއަދަކީ ބ. އަތޮޅުގައި މިހާތަނަށް އޭޓީއެމްގެ ޚިދުމަތް ނުދެވި އޮތް 10 ރަށަށް އޭޓީއެމްގެ ޚިދުމަތް ފުޅާކެރުވުނު ތާރީޚީ ދުވަސް ކަމަށެވެ.
ބީއެމްއެލްގެ ވިއުގައާއި އަމާޒު
ބީއެމްއެލްއިން ވިދާޅުވީ، މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 41 ބްރާންޗް، 144 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 200 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ. އިޤްތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން މި މަޝްރޫޢު ކުރިއަށްގެންދާއިރު، ބޭންކުގެ އަމާޒަކީ މިއަހަރު ނިޔަލަށް މަޝްރޫޢު އެއްކޮށް ނިންމާލުމެވެ. މި މަޝްރޫޢުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް މާލީ ބާރުވެރިކަން ލިބި އެރަށްތަކަށް އިޤްތިޞާދީ ކުރިއެރުން ލިބިގެންދާ ކަމަށް ބޭންކުން ވަނީ ވިދާޅުވެފައެވެ.
އޭޓީއެމް ޚިދުމަތުގެ ތާރީޚާއި މަޝްރޫޢުގެ ކުރިއެރުމާއި ކުރިމަގު
ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ފުރަތަމަ ފެށިފައިވަނީ 2000 ވަނަ އަހަރު މާލޭގައި ފަސް އޭޓީއެމް ބެހެއްޓިގެންނެވެ. މާލެ ފިޔަވައި އަތޮޅުތަކަށް މި ހިދުމަތް ފުޅާވާން ފަށާފައިވަނީ އޭގެ 7 އަހަރު ފަހުން، 2007 ވަނަ އަހަރުން ފެށިގެންނެވެ. އެ އަހަރު 19 ރަށެއްގައި އޭޓީއެމް ބެހެއްޓި އެވެ. 2008 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް އިތުރު 68 ރަށުގައި އޭޓީއެމް ހިދުމަތް ފެށިފައިވެއެވެ. އަދި މިދިޔަ އަހަރު 9 ރަށެއްގައި އޭޓީއެމް ހިދުމަތް ފެށުމާއެކު، މިދިޔަ އަހަރު ނިމުނު އިރު މާލެ ފިޔަވައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ޖުމްލަ 96 ރަށެއްގައި ބީއެމްއެލްއިން އޭޓީއެމް ހިދުމަތް ދެމުން ދިޔައެވެ.
މިދިޔަ ނޮވެމްބަރު މަހު ފެށި “މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް” މަސައްކަތަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް 8 އަތޮޅެއްގެ، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ވަނީ ގާއިމްކޮށްފައެވެ.
- ހއ.އަތޮޅު
- ށ. އަތޮޅު
- ދ. އަތޮޅު
- ނ. އަތޮޅު
- މ. އަތޮޅު
- ކ. އަތޮޅު
- ބ. އަތޮޅު
- އއ. އަތޮޅު
މި މަޝްރޫޢުގެ ދަށުން ފުރަތަމަ އިފްތިތާޙުކުރި އޭ.ޓީ.އެމް. އަކީ އދ. އޮމަދޫގައި ޤާއިމުކުރެވުނު އޭ.ޓީ.އެމް އެވެ.
ޝަރީފް ވިދާޅުވީ، އިތުރު ފަސް އަތޮޅެއްގެ 23 ރަށެއްގައި އޭޓީއެމް ހިދުމަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ. “ބާކީ އޮތް ހަތް އަތޮޅުގެ 33 ރަށުގައި ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި އޭޓީއެމް ހިދުމަތް ގާއިމްކޮށް މި މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލުމަކީ ބީއެމްއެލްގެ އަމާޒު،” ޝަރީފް ވިދާޅުވި އެވެ.
ރައީސް ޑރ މުއިއްޒުގެ ތަޞައްވުރު، ސަރުކާރުގެ އެހީތެރިކަން؛ ޝުކުރު ޙައްޤު!
މާލީ މުހިންމު ހުރިހާ ޚިދްމަތްތަކެއް އެއްތަނަކުން ލިބޭނެފަދަ އިންތިޒާމެއް، ރާއްޖޭގެ މީހުންދިރިއުޅޭ ކޮންމެ ރަށެއްގައި ޤާއިމުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، ދިވެހިރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި އޭޓީއެމްގެ ޚިދްމަތްތައް ފޯރުކޮށްދިނުމުގެ މަޝްރޫޢަށް ސަރުކާރުގެ ފަރާތުން، ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދުގެ ދެއްވަވާ އެހީތެރިކަމަށްޓަކައި ބީއެމްއެލްގެ ސީއީއޯ، މުޙައްމަދު ޝަރީފް ވަނީ ޝުކުރު ދަންނަވާފައެވެ.
ޝަރީފް ވިދާޅުވީ، ރާއްޖޭގައި އޭޓީއެމްގެ ޚިދުމަތް ދޭން ފެށިތާ 25 އަހަރުވީއިރު، މީހުން ދިރިއުޅޭ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ރަށްރަށުގައި މި ޚިދުމަތް ޤާއިމްވެފައި ނެތުމުން ރައްޔިތުންނަށް އަސާސީ ބޭންކިންގ ހޯދަން ޖެހެނީ އަމިއްލަ ޖީބުން އިތުރު ޚަރަދުކޮށްފައި އެހެން ރަށަކަށް ދަތުރުކޮށްގެން ކަމަށެވެ. ނުވަތަ ބޭންކުގެ ދޯނި އަންނަ ދުވަހަކަށް ނުވަތަ މުވައްޒަފުން އަންނަ ދުވަހަށް ރަށުގައި މަޑުކޮށްގެން ކަމަށެވެ.
“ހާލަތު މިހެން އޮތަތީވެ، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އުއްމީދަކަށްވީ، ކޮންމެ އަތޮޅެއްގައި، ކޮންމެ ރަށެއްގައި ތިބެގެންވެސް މާލީ ނިޒާމުގައި ބައިވެރިވުމުގެ ފުރުޞަތު އޮތުން. ދަތުރުކުރަން ނުޖެހި ބޭނުން ވަގުތަކު އަސާސީ ބޭންކިންގ ލިބޭނެ މަގުފަހިވެފައި އޮތުން. އެހެންކަމުން މިދިޔަ ނޮވެންބަރު މަހު ރައީސުލްޖުމްހޫރިއްޔާ ވަނީ “މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް” މަޝްރޫޢު ފައްޓަވައިދެއްވައި، ވީހާވެސް އަވަހަކަށް މި މަޝްރޫޢު ނިންމުމަށް އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައި،” ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން، މި މަޝްރޫޢުގެ މަސައްކަތް ރައީސް ވަރަށް ގާތުން ބައްލަވާލަކަން ފާހަގަކުރައްވައި ޝަރީފް ވަނީ ހުރިހާ ރައްޔިތުންނާ ގާތަށް މާލީ ޚިދުމަތްތައް ގެންދިއުމަށް ބޭންކުން ފަށާފައިވާ މަޝްރޫޢަށް ރައީސް ދެއްވާ އަހައްމިއްޔަތުކަމާއި އެއްބާރުލެއްވުމަށް ޝުކުރު ދަންނަވައިފައެވެ. އަދި، މި މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށްދަނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކުކަން ފާހަގަކުރައްވައި ޝަރީފް ވަނީ މި މަޝްރޫޢުގެ މަސައްކަތް ވަރަށް ގާތުން ބައްލަވައި އެއްބާރުލުން ފޯރުކޮށްދެއްވަމުން ގެންދަވާ ކަމަށްޓަކައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދަށްވެސް ޝުކުރު ދަންނަވައިފައެވެ. އޭޓީއެމްގެ ޚިދްމަތްތައް ފޯރުކޮށްދިނުމުގެ މަޝްރޫޢުގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިޔާ ބެހޭ ވުޒާރާ އާއި ބޭންކް އޮފް މޯލްޑިވްސްއާ ދެމެދު އެއްބަސްވުމެއް
އެއްބަސްވުމެއްގައި ސޮއިކުރެވުނީ 2024 ނޮވެންބަރު 7 ގައެވެ. ރައީސް ޑރ. މުޢިއްޒުގެ ތަޞައްވުރާއި ޚާއްޞަ އިރުޝާދުގެ ދަށުން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ދަނީ ރައްޔިތުންނަށް ކުރިމަތިވެފައިވާ މާލީ އަދި އިޤްތިޞާދީ ގޮންޖެހުންތައް ހައްލުކޮށް، ތަނަވަސް އަދި ދެމެހެއްޓެނިވި އިޤްތިޞާދެއް ބިނާކުރުމަށް މަސައްކަތް ކުރަމުންނެވެ.
“މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް” މަޝްރޫޢަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ފަސޭހައިން އަސާސީ ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރާއި ބީއެމްއެލް ގުޅިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މާލޭގައި އޭޓީއެމްގެ ޚިދުމަތްތަކަށް އޮތް ބޭނުންތެރިކަން ފާހަގަކުރައްވައި، ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް މިފަދަ ޚިދުމަތެއްގެ ބޭނުންތެރިކަން އެބައޮތްކަން ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ރަށްރަށުގެ ރައްޔިތުންނަށް މާލީ ބާރުވެރިކަން ލިބި، އެ ރަށްތަކަށް އިޤްތިޞާދީ ކުރިއެރުން ލިބިގެންދާނެ ކަމަށް ބޭންކުން ބުރަދާނަ ކުރެއެވެ. މިއަހަރު ނިޔަލަށް މި މަޝްރޫޢު ނިންމާލުމަށް އަމާޒު ހިފާފައިވާއިރު، މިއީ މާލީ ހިދުމަތްތައް ރައްޔިތުންނާ ގާތްކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން “މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް” މަޝްރޫއުގެ ދަށުން އއ. މާޅޮހުގެ އޭޓީއެމްގެ ޚިދުމަތް ދޭން ފެށުމާއެކު، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރެވުނު 8 ވަނަ އަތޮޅަކަށް އަރިއަތޮޅު އުތުރުބުރި މިވަނީ ވެފައެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރެއިން މުހިންމު ވަޢުދެކެވެ.
މީގެ ކުރިން އަތޮޅުތަކުގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތް ހޯދުމަށް އެ އަތޮޅުގެ ވެރިރަށަށް ނުވަތަ އެކަމަށް ހާއްސަކުރެވިފައިވާ ރަށަކަށް ދިޔުންވެފައިވަނީ ބޮޑު ތަކުލީފަކަށެވެ. އެހެންކަމުން ރައްޔިތުން ދެކެމުންއައި ހުވަފެނަކީ އަމިއްލަ ރަށުގައި ތިބެގެން ބޭންކިންގެ ޚިދުމަތް ފަސޭހަކަމާއެކު ލިބޭނެ ދުވަހެކެވެ. ރައްޔިތުންގެ މި ތަކުލީފުތަކަށް ލުއި ހޯދައިދެއްވާ އަމިއްލަ ރަށުގައި ހުރެގެން ބޭންކިންގެ ޙިދުމަތް ހޯދާދެއްވާނެކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
އެގޮތުން “މުޅި ރާއްޖޭގައި އޭޓީއެމް ޚިދުމަތް” ގެ ނަމުގައި މިދިޔަ އަހަރު ނޮވެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ހާއްސަ މަޝްރޫޢެއް ފައްޓަވާފައެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް 8 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ޤާއިމްކޮށް ޙިދުމަތް ދޭންފަށާފައެވެ. އެންމެ ފަހުން އޭޓީއެމްގެ ޙިދުމަތް ޤާއިމްކޮށް ނިންމާފައިވަނީ އއ. އަތޮޅުގައެވެ.
ބީއެމްއެލްގެ އޭޓީއެމް ޤާއިމްކޮށްފައިވާ އަތޮޅުތަކަކީ
މާޅޮހުގައި އޭޓީއެމްގެ ޙިދުމަތް ފެށުމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމާއެކު “މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް” މަޝްރޫއުގެ ދަށުން 8 އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރެވިފައިވާކަމަށެވެ. ޝަރީފް ވިދާޅުވީ މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށްވެސް ފަސޭހައިން ބީއެމްއެލްގެ ޚިދުމަތް ހޯދޭނެހެން ބޭންކުގެ ޚިދުމަތް ފުޅާކުރުމަށްކަމަށެވެ.
ބީއެމްއެލްއިން ވިދާޅުވީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 41 ބްރާންޗް، 144 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 200 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ.
“މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް” މަޝްރޫޢަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ފަސޭހައިން އަސާސީ ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރާއި ބީއެމްއެލް ގުޅިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
އިޤްތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން މުޅި ރާއްޖޭގެ އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢު ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާއިރު، ބޭންކުގެ އަމާޒަކީ މިއަހަރު ނިޔަލަށް މި މަޝްރޫޢު އެއްކޮށް ނިންމާލުމެވެ. މިމަޝްރޫޢުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް މާލީ ބާރުވެރިކަން ލިބި އެރަށްތަކަށް އިޤްތިޞާދީ ކުރިއެރުން ލިބިގެންދާ ކަމަށް ބޭންކުން ވަނީ ވިދާޅުވެފައެވެ.
ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ފުރަތަމަ ފެށިފައިވަނީ 2000 ވަނަ އަހަރުއެވެ. މާލެ ފިޔަވައި އަތޮޅުތަކަށް މި ޙިދުމަތް ފުޅާވާން ފަށާފައިވަނީ 2007 ވަނަ އަހަރުން ފެށިގެންނެވެ.

