އއ. ތޮއްޑޫގައި ކުރިއަށްދާ މާސްޓާސް ޓޭބަލް ޓެނިސް މުބާރާތް (ޓީއެމްޓީޓީ) ގެ ޑެސްޓިނޭޝަން ޕާޓްނަރުގެ ގޮތުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ބައިވެރިވެއްޖެއެެވެ.
ތޮއްޑޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ (ޓީއެލްއޭސީ) އާއި އިހާ ޓޭބަލް ޓެނިސް އެކަޑެމީ އޮފް މޯލްޑިވްސް (އައިޓީޓީއޭ) ގުޅިގެން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގެ އެހީތެރިކަމާއެކު މި މުބާރާތް އޮގަސްޓް މަހުގެ 19 އިން 25 ގެ ނިޔަލަށް ކުރިޔަށް ދާނެއެވެ.
މިއީ އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.
ޖުމްލަ 17 ޤައުމަކުން 75 އެތުލީޓުން ވާދަކުރާއިރު، އޭގެތެރޭގައި އިންޑިއާ، ރަޝިޔާ، ޖަރުމަން، ސްޕެއިން، އެމެރިކާ އާއި ޗައިނާ އަދި ނިއު ޒީލެންޑަށް ނިސްބަތްވާ ކުޅުންތެރިން ހިމެނެއެވެ.