ޚަބަރު
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި 6 ރަށެއްގެ ސިއްޙީ މަރުކަޒު ތަރައްޤީކުރުން؛ އެމްޓީސީސީއާއި އާރްޑީސީއަށް،

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓަޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ބޭނުންވާ އިމާރާތުގެ ޑިޒައިން މަސައްކަތާއި، 6 ރަށެއްގެ ސިއްޙީ މަރުކަޒުގެ އައު އިމާރާތްތަކުގެ މަސައްކަތް އެމްޓީސީސީ އަދި އާރްޑީސީއާ ހަވާލުކޮށްފިއެވެ. މި މަސައްކަތްތައް ހަވާލުކުރުމަށް މިއަދު ސިއްޙީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުންތަކުގައި ސޮއިކުރެވުނެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޑިޒައިން މަސައްކަތް ހަވާލުކޮށްފައިވަނީ 900,000 ރުފިޔާއަށްވުރެ އިތުރު އަދަދަކަށް، 3 މަސްދުވަހުގެ މުއްދަތަށެވެ. މި މަސައްކަތަކީ އެ ހޮސްޕިޓަލް ޓަޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މުހިންމު ބައެކެވެ.

ހއ. މާރަންދޫ އަދި ހއ. ބާރަށުގެ ސިއްޙީ މަރުކަޒުތަކުގެ އައު އިމާރާތްތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އާރްޑީސީއާއެވެ. މި ދެ މަޝްރޫޢުގެ ކޮންމެ މަސައްކަތެއް ވެސް ހަވާލުކޮށްފައިވަނީ 11.5 މިލިއަން ރުފިޔާއަށް، އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ކ. ހުރާ، ކ. ކާށިދޫ، އދ. ދިއްދޫ އަދި ވ. ފުލިދޫގެ ސިއްޙީ މަރުކަޒުތަކުގެ މަސައްކަތް ހިމެނެއެވެ. މީގެ ތެރެއިން ދިއްދޫ ސިއްޙީ މަރުކަޒުގެ މަސައްކަތް 12 މިލިއަން ރުފިޔާއަށް 9 މަސްދުވަހުގެ ތެރޭގައި ނިންމުމަށާއި، ކާށިދޫ ސިއްޙީ މަރުކަޒުގެ މަސައްކަތް 7.1 މިލިއަން ރުފިޔާއަށް 7 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވެއެވެ. އަދި ފުލިދޫގައި އައު ސިއްޙީ މަރުކަޒެއް 27 މިލިއަން ރުފިޔާއަށް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަވާލުކޮށްފައެވެ.

ސަރުކާރުން ވިދާޅުވާ ގޮތުގައި މި މަޝްރޫޢުތަކަކީ އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ސިއްޙީ ފަރުވާއަށް މާލެއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ. މި މަޝްރޫޢުތައް ނިމުމުން މުޅި ރާއްޖޭގެ ސިއްޙީ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!