ޚަބަރު
ކޯޓު އަމުރުތައް އިނގިރޭސި ބަހުން ނެރެވިދާނެ ކަމަށް ކަނޑައަޅައިފި

އިނގިރޭސި ބަހުން ލިޔެގެން ކޯޓު އަމުރުތައް ނެރެވިދާނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ބިދޭސީންގެ މައްޗަށް ނެރޭ އަމަރުތައް އިނގިރޭސިބަހުން ނެރެވިދާނެ ކަމަށް ކަނޑައަޅައި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ސޮއިކުރައްވާ ނެރުއްވި ޕްރެކްޓިސް ޑައިރެކްޝަނުގައި ވިދާޅުވެފައިވަނީ ބައިނަލްއަޤުވާމީ ފަރާތެއްގެ މައްޗަށް ރައްދުވާގޮތަށް ނުވަތަ އެފަރާތުގެ ބޭނުމަށް ނެރޭ އަމުރުތަކާއި ބިދޭސީ އެއްގެ މައްޗަށް ނެރޭ އަމުރުތައް އެ ފަރާތްތަކަށް ދޭހަވާނޭފަދަ ބަހަކުން އޮތުމަކީ މުހިއްމުކަމެއް ކަމަށްވާތީ، އަމުރުތައް ނެރުމުގައި އެ ގަވާއިދުގެ ޖަދުވަލުތަކުގައިވާ ނަމޫނާގައި ބަޔާންކޮށްފައި ހުރި ކަންކަން ހިމެނޭގޮތަށް އިނގިރޭސި ބަހުން ނެރުމަށް ހުރަހެއް ނެތް ކަމަށެވެ.

ދިވެހިރާއްޖޭގެ ކޯޓެއްގެ ސަރަޙައްދީ އިޚްތިޞާޞް ނުހިނގާ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދެއް، އުޅަނދެއް، ނުވަތަ ރާއްޖޭގެ ސަރަޙައްދުން ބޭރުގައި ހުރި މީހަކަށް ދޫކުރަންޖެހޭ ކޯޓު އަމުރު، ބައިނަލްއަޤުވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެމަތިން ދޫކުރުމުގެ ބާރު ލިބިގެންވަނީ
ކްރިމިނަލް ކޯޓަށްކަމަށްވެސް އެ ޕްރެކްޓިސް ޑައިރެކްޝަނުގައި ވިދާޅުވެފައިވެއެވެ.

މީގެ ކުރިން ބިދޭސީއެއްގެ މައްޗައް ނެރޭ ކޯޓު އަމުރުތައް ހުންނަނީ ދިވެހި ބަހުން ލިޔެފައެވެ. އެހެން އެކަން އޮތުމުން، އެކަމުގެ ކަންބޮޑުވުން ގިނަ މީހުން ދިޔައީ ކުރަމުންނެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!