ޚަބަރު
އިސްލާމީ އުންމަތް މިހާރު ބަލިކަށިވަނީ އިސްލާމީ ތައުލީމާއި ޝަރީއަތާ ދުރަށް ދާތީ: ހުތުބާ

އިސްލާމީ އުންމަތް މިހާރު ބަލިކަށިވެފައިވަނީ އިސްލާމީ ތައުލީމާއި އިސްލާމީ ޝަރީއަތާ ދުރަށް ދިޔުމުގެ ސަބަބުން ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.

“ރަނގަޅު މުޖުތަމައުއެއް ބިނާކުރުން” މި މައުލޫއަށް ދެވުނު ހުތުބާގައި ބުނެފައިވާ ގޮތުގައި މުސްލިމުން އިސްލާމީ ޝަރީއަތުގައި ސާބިތުވެ އެއްބައިވަންތަކަންމަތީ ތިބި އިރު، އިސްލާމީ އުންމަތަކީ އާރާއި ބާރުހުރި އިއްޒަތްތެރި އުންމަތެއް ކަމަށެވެ.

ހުތުބާގައި ބުނެފައިވާ ގޮތުގައި “މިއަދު މުސްލިމުން ބައިބައިވެ ބާރުނެތި ދުޝްމަނުންގެ ކުރިމަތީގައި ނިކަމެތިވުމުގެ ސަބަބަކީ އިސްލާމީ ތައުލީމާ ދުރުވެ، އިސްލާމީ ޝަރީއަތާ ބީރައްޓެހިވުމެވެ. އުންމަތުގެ އިއްޒަތާއި ގަދަރު އަނބުރައި ލިބޭނީ، ﷲގެ މަގަށް މީސްތަކުން އެނބުރުމުންނެވެ.”

އަދި މިއަދު އިސްލާމީ އުންމަތަށް ހުޅުވިފައިވާ އެންމެ ފަހި ފުރުސަތަކީ، މުސްލިމް ޒުވާނުން އިސްލާމްދީނާއި އިސްލާމީ ޝަރީއަތާ ގާތްކުރުމަށް ހުޅުވައިލެވިފައިވާ ފުރުސަތު ކަމަށް ފާހަގަކޮށްފިއެވެ. ނަމަވެސް، ބައެއް ޒުވާނުން އަޤީދާއާއި އީމާންތެރިކަމުގެ ހަގީގީ ރޫޙާ ދުރު މަގުތަކަށް ކަސިޔާރުވަމުންދާކަން ވެސް ފާހަގަކޮށްފިއެވެ.

މިހާރަކަށް އައިސް ޒުވާނުންގެ މެދުގައި އައުރަ ނިވާނުވާ ހެދުން އެޅުމާއި، ދެ ޖިންސު އެއްގޮތްވާ ގޮތަށް ހެދުން އެޅުމާއި، ޓެޓޫ ޖެހުން ފަދަ އިސްލާމްދީނާ ދުރު ސަގާފަތްތައް ފެތުރެމުންދާކަން ފާހަގަކޮށް، މިއީ ﷲ ލަޢުނަތް ލެއްވިގެންވާ ޙަރާމް ކަންކަން ކަމަށް ހުތުބާގައި ބުނެފިއެވެ.

ހުތުބާ ނިންމާލަމުން ބުނެފައިވަނީ އުންމަތުގެ މުސްތަޤުބަލު އުޖާލާވާނީ އިސްލާމީ ނިޒާމާ އެއްގޮތަށް މުޖުތަމަޢު ބައްޓަންވެ، ދަރިންގެ ހިތްތަކުގައި އިސްލާމްދީނުގެ މަތިވެރި ޝިޢާރުތައް ބިންވަޅުނެގުމުން ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!