ޚަބަރު
ހުޅުމާލޭގެ އިންޖީނުގޭގައި ކުރި މޭޖަރމެއިންޓަނަންސް މަސައްކަތް ކާމިޔާބު، މުވައްޒަފުންނަށް ފަހުމީގެ ތައުރީފު!

ހުޅުމާލޭގައި ގާއިމުކޮށްފައިވާ 50 މެގަވޮޓްގެ އިންޖީނުގެ ނިއްވާލައިގެން މިއަދު ކުރި މޭޖަރ މެއިންޓަނަންސް މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

މި މަސައްކަތް މިއަދު ހެނދުނު 8:43 ގައި ނިންމާލެވިފައިވާއިރު، އެއީ ސްޓެލްކޯއިން މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވާ ގަޑި ކަމުގައިވާ ހެނދުނު 10:00 ގެ ކުރިންނެވެ. ފަހުމީ “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި މަސައްކަތް ފުރިހަމަކޮށް، ތާވަލުކުރެވިފައިވާ ގަޑީގެ ކުރިން ހުރިހާ ކަސްޓަމަރުންނަށް ކަރަންޓު ދެވިފައިވާ ކަމަށެވެ.

“މިކަން ހާސިލްކުރެވުނީ ސްޓެލްކޯގެ އިންޖިނިއަރުންނާއި ޓެކްނީޝަނުންގެ ގާބިލްކަމާއި ހީވާގިކަމުން،” ފަހުމީ ވިދާޅުވިއެވެ. އަދި މަސައްކަތުގެ އަޚްލާޤާއި އެ މަސައްކަތަށް އޮންނަ ލޯތްބާއި، ރައްޔިތުންނަށާއި ޤައުމަށް ޚިދުމަތްކުރުމުގެ މަތިވެރި ރޫޙު ސްޓެލްކޯގެ މުވައްޒަފުންގެ ކިބައިގައި ހުރިކަން ފާހަގަކުރައްވައި، އެ މުވައްޒަފުންގެ އަގު ވަޒަންކުރައްވާފައިވެއެވެ.

މި މަސައްކަތަކީ މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި އެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހުނު މުހިންމު މަސައްކަތެކެވެ. މި މަސައްކަތަށް ކަރަންޓު ކަނޑާލެވިފައިވަނީ މިއަދު ހެނދުނު 6:00 އިން 10:00 އަށެވެ. ނަމަވެސް ކޮންމެ ސަރަހައްދަކުންވެސް ކަރަންޓު ކަނޑާލެވިފައިވަނީ އެންމެ ގަޑިއިރަށެވެ.

ގްރޭޓަރ މާލެ ސަރަހައްދުގެ ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކުރައްވައި، ފަހުމީ ވަނީ އެންމެހާ ކަސްޓަމަރުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ. ކަރަންޓު ކެނޑުމުގެ ކުރިން އެސްއެމްއެސް މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު މެދުކެނޑޭނެ ވަގުތުތަކާއި ސަރަހައްދުތައް ދުރާލާ އަންގާފައިވާކަންވެސް ފާހަގަކުރެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!