ވާހަކަ
ވާހަކަ: ހަސަދަ

މައިންބަފައިން ނާޝިޒް މާލެ ފޮނުވީ އޯލެވް ނިމުމުން  އޭލެވެލް އަށް ކިޔަވާށެވެ. މައިންބަފައިންގެ ރަހުމަތްތެރި ބައެއްގެ ކައިރީގައި އޭނާ ހުރީ ވަރަށް ހިތްހަމަޖެހިގެންނެވެ. އެ މީހުން  ނާޝިޒްއަށް ވަރަށް ރަގަނޅެވެ. ހަމަ މައިންބަފައިން ފަދައެވެ. މާލެ އައިސް މޮޅު އެތައް ކުދިންނެއްގެ ތެރޭގައި ކިޔަވަން ޖެހުނު ނަމަވެސް ނާޝިޒްގެ ނަސީބު ދެރައެއް ނުވިއެވެ. ފުރަތަމަ ޓާމްގައި ވެސް އޭނާއަށް ކްލާހުން އެއްވަނަ ލިބުނެވެ.

ހުކުރު ދުވަހެއްގެ މެންދުރު ވަގުތެވެ. ނާޝިޒް ދިޔައީ އެންމެ ގާތް އެކުވެރިޔާ ދިން  ދައުވަތަކަށް އެ ގެއަށް މެންދުރުގެ ކެއުމަށެވެ. ކައި ނިމިގެން އެގޭގައި މާގިނަ ވަގުތު މަޑު ނުކޮށް ނާޝިޒް އައީ ގެއަށެވެ. ކުޑަކޮށް ބޮލުގައި ރިއްސާތީއެވެ.

ޖެހިގެން އައި އާދީއްތަ ދުވަހު ނާޝިޒް ސުކޫލަށް ދިއުމަށް ތައްޔާރުވެގެން ގެއިން ނުކުންނަން ދާންފަށާފައި ބޮލުގައި އަތްއަޅާ ހަޅޭލަވައިގަތެވެ. އެ ގޭ ދައްތަ ސިޓިންގ ރޫމަށް ނުކުތީ ނާޝިޒްގެ އަޑަށެވެ. އޭރު ނާޝިޒް ބޮލުގައި ބާރަށް ހިފަހައްޓައިގެން ސޯފާގައި އިނެވެ.

އެ ދުވަހަށް ފަހު ނާޝިޒްއަށް ސުކޫލަކަށް ނުދެވެއެވެ. ސުކޫލަށް ދާން ނުކުންނަން ފަށާއިރަށް ބޮލުގައި ރިއްސަނީއެވެ. އުނދަގޫތަކެއް ވަނީއެވެ. އެނޫން ގަޑިތަކުގައި ނާޝިޒް ރަގަނޅެވެ. އެއްވެސް އުނދަގުލެއް ވާތީއެއް ނޫޅެއެވެ. އެކަމަކު އެ ގެއަކުން ކައި ގެން އައިފަހުން ނާޝިޒްގެ އުޅުމަށް ބަދަލު އަންނަން ފެށިއެވެ. މީހުން ދައްކާ ވާހަކައަކަށް މާ ބޮޑަކަށް އަޅައެއް ނުލައެވެ. މީހާ  ހުންނަނީ ނެގި މަޑުވެފައި ހުންނަން ގޮތަކަށެވެ.

ނާޝިޒްއަށް އައި ކުއްލި ބަދަލުގެ ވާހަކަ އޭނާގެ މައިންބަފައިންގެ ގާތުގައި ބުނުމާއެކު އެ މީހުން މާލެ އައެވެ. ނާޝިޒް ޑޮކްޓަރަށް ދެއްކިއެވެ. ދެތިން ޑޮކްޓަރަށް ދެއްކި އިރުވެސް ނާޝިޒްއަށް ވަމުންދާ ގޮތެއް އެއްވެސް ޑޮކްޓަރަކަށް ނޭނގުނެވެ. ނާޝިޒްގެ ބައްޔަކަށް ފަރުވާއެއް ނުލިބުނެވެ.

ނާޝިޒްގެ ބައްޕަ ހަސަނިކުގެ ރަހުމަތްތެރިއެއްގެ އެދުމުގެ މަތިން އެންމެ ފަހުން ނާޝިޒް ދެއްކީ ރުޤްޔާ ކުރާ މީހަކަށެވެ. އޭނާ ބަލާ ބެލުންތަކެއް ބެލުމަށްފަހު ނާޝިޒަށް ޖެހިފައިވަނީ ސިހުރު ކަމުގައި ބުންޏެވެ. އަދި އެ ސިހުރު ވަނީ ނާޝިޒަށް ކާންދީފައި ކަމަށާއި އެކަމުން އެއްކޮށް ރަގަނޅު ކުރެވޭތޯ މަސައްކަތް ކޮށްދޭނެކަމަށް ރާޤީ ބުންޏެވެ.

ނާޝިޒްއަށް އެހެން ދިމާވީއްސުރެ ރަޝީދާގެ ލޮލުން ކަރުނަ ނުފެންނަ ހިނދެއް ނުދެއެވެ. އެ ލޮލުން ކަރުނަ ހުސްނުވާ ކަހަލަ އެވެ. ރަޝީދާގެ އަބަދުގެ ކަމަކީ އެ ދަރިފުޅުގެ ބޮލުގައި ފިރުމާލަ ފިރުމާލަ ހުރުމެވެ. އަމިއްލަ ލޮލުން ކަރުނަ ފުހޭ ހާލުގައެވެ. ވާނީވެސް އެހެންނެވެ.  އެމީހުންގެ ހުރި ހަމަ އެކަނި ފުރާނަ އަށް އެމީހުން ކުރަމުން އައީ ކޮންފަދަ ފޮނި އުންމީދެއް ހެއްޔެވެ؟ އެހެނަސް މިއަދު އެ  އުންމީދުގައި ސިއްކަ ޖެހެމުންދާތަން ބަލަން މައި ލަގޮނޑިއަށް ކެތްވާނީ ކިހިނަކުން ހެއްޔެވެ؟

ރާޤީގެ އެހީތެރިކަމާއެކު ނާޝިޒް ރަގަނޅު ވިއެވެ. އެހެންނަމަވެސް ކިޔެވުން ކުރިއަށް ދިއުމުގެ ޚިޔާލު ނާޝިޒް ދޫކޮށްލިއެވެ. ކިޔެވުމަށް ފޫހިވާކަމަށް ބުނެއެވެ. މައިންބަފައިންގެ ހުރި ހަމައެކަނި ދަރިފުޅާއި މެދު އެމީހުން ކުރަމުން އައި ފޮނި އުންމީދުތައް ހާސިލްވުމަށް ހުރަސް އެޅިގެން ދިޔައީ، އަމިއްލަ އެނދުމާއިގެން ފޯވެފައިވާ އިންސާނެއްގެ ހަސަދައިގެ ނުބައި ކަމުންނެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ އަދި އެންމެ އިތުބާރު ކުރާ ފަރާތުން މިކަހަލަ ހަދިޔާއެއް ލިބިދާނެކަމަށް ނާޝިޒްގެ ހިޔާލަށްވެސް ނުގެނެވެއެވެ.

އޭނާއަށް ދިމާވި ކަމަކުން ރަހުމަތްތެރިންގެ މަތިން ނާޝިޒް ފޫހިވިއެވެ. މީހުން ކަން ކަމަށް ހަސަދަ ވެރިވާ ވާހަކަ ނާޝިޒް ވެސް އަހައެވެ. އެހެން ނަމަވެސް އޭނާގެ ކަމަކަށް ހަސަދަވެރި ވާނެ މީހެއް ހުރެދާނެ ކަމަށް ނާޝިޒް ހިތަށްވެސް ނާރައެވެ. އެގޮތަކަށް ނުވެސް ވިސްނައެވެ. ހަސަދަ ވެރިކަމުގެ ސަބަބުން ނާޝިޒްގެ މުޅި ހަޔާތަށް ފަތުރާލި ހިޔަނިން މުޅި އުމުރުގައި ވެސް އޭނާއަށް ސަލާމަތުގެ އައްސޭރި ހިފޭކަށް ނެތެވެ. އިލްމާއިގެން ކުރިއަށް ދެވޭކަށް ނެތެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!