ޚަބަރު
ހިރިމަރަދޫ ކުދިންނަށްވެސް ޖާގަ ލިބޭނެ ގޮތަށް ހަނިމާދޫ ސްކޫލުގައި އައު އިމާރާތެއް ބިނާކުރަން އެފްޑީސީއަށް،

ހދ. ހިރިމަރަދޫން ހދ. ހަނިމާދޫއަށް ހިޖުރަ ކުރާ އާއިލާތަކުގެ ކުދިންނަށްވެސް ޖާގަ ލިބޭނެ ގޮތަށް ހަނިމާދޫ ސްކޫލްގައި އާ އިމާރާތެއް އެޅުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ހަނިމާދޫ ރައްޔިތުންނާއެކު ބޭއްވި ޖަލްސާގައި، މި މަޝްރޫޢުގެ އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރައްޒާނެވެ. އަދި ތައުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް ވަޒީރު ހުސައިން ސައީދު މުހައްމަދެވެ.

މި މަޝްރޫޢުގެ ދަށުން އަޅާ އިމާރާތުގައި އަށް ކްލާސް ރޫމާއި، ސައިންސް ލެބަކާއި، ލައިބްރަރީއަކާއި އަދި ސްޓާފް ރޫމެއް ހިމެނޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. “މި އިމާރާތުގެ މަސައްކަތް ކުރިއަށް ގެންދާނީ ރަށުގެ ރައްޔިތުންނާއި މިރަށުގެ ކިޔަވާ ކުދިންނަށް ބޭނުންވާ ޖާގައާއި ހަނިމާދޫއަށް ބަދަލުވާ ހިރިމަރަދޫގެ ކިޔަވާ ކުދިންނަށްވެސް ޖާގަ ލިބޭ ވަރަށް” ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، އެމްއެންޑީއެފްއަށް މިހާރު ދޫކޮށްފައިވާ ކުރީގެ އިމާރާތް މަތީ ތައުލީމަށް ޚާއްސަ ތަނަކަށް ބަދަލުކުރެވޭނެ ކަމަށާއި، އެމްއެންޑީއެފް ބަދަލުކުރެވޭނީ މިހާރު އެއަރޕޯޓާއެކު ތަރައްގީކުރަމުންދާ އާ އިމާރާތަށް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

އަދި ހިރިމަރަދޫން ހަނިމާދޫއަށް ހިޖުރަކުރާ ރައްޔިތުންނަށް ޚާއްސަކޮށްފައިވާ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމާއި މުނިސިޕަލް ޚިދުމަތުގެ އެއްބަސްވުމެއްގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މިއަދު ސޮއިކޮށްފައިވާ ކަމަށާއި، މި މަޝްރޫޢު 18 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!