ޚަބަރު
މިނިސްޓަރު ފެންވަރުގައި ހަމްދޫން ހަމީދު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ގެ އެޑްވައިޒަރަކަށް,

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުގެ އެޑްވައިޒަރަކަށް ކުރީގެ މިނިސްޓަރު ހަމްދޫން ހަމީދު މިނިސްޓަރު ފެންވަރުގައި އައްޔަންކުރައްވައިފިއެވެ.

އިތުބާރުހުރި މަސްދަރަކުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހަމްދޫން އައްޔަންކުރައްވާފައިވަނީ މާލީ ވުޒާރާގެ ދަށުން ހިންގާ ނެޝަނަލް ޕްލޭނިންގެ މަސައްކަތްތަކުގެ އެޑްވައިޒަރެއްގެ މަޤާމަށެވެ. މި މަޤާމުގައި އޭނާ މައިގަނޑު ގޮތެއްގައި މަސައްކަތް ކުރައްވާނީ ދިވެހިރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން ތަންފީޒު ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލަފާ ދެއްވުމުގައެވެ.

ހަމްދޫން ހަމީދަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ބޮޑުބޭބެ ވިދާޅުވާ އިސް ދައުލަތް ވެރިއެކެވެ. އޭނާގެ ސިޔާސީ ކެރިއަރުގައި ގިނަ އިސް މަޤާމުތަކެއް ފުރުއްވާފައިވެއެވެ.

މީގެ ކުރިން ހަމްދޫން ހަމީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރުކަމާއި، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ޕްލޭނިންގ މިނިސްޓަރުގެ މަޤާމު އަދާކުރައްވާފައެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ސިންގަޕޫރަށް ކަނޑައެޅުނު ނޮން-ރެސިޑެންޓް ސަފީރުގެ މަޤާމުވެސް ފުރުއްވާފައިވެއެވެ.

މި އައްޔަންކުރެއްވުމާއެކު، ހަމްދޫން ހަމީދުގެ ދިގު ތަޖުރިބާ ޤައުމީ ތަރައްޤީގެ މަސައްކަތްތަކަށް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!