ޚަބަރު
އެމްޓީޑީ އުވާލަން އީސީ އިން ނިންމައިފި

މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ޕާޓީ އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ނިންމައިފި ކަމަށް އެ ކޮމިޝަނުން ހާމަކޮށްފި އެވެ. މިގޮތަށް ނިންމާފައިވަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނާ އެއްގޮތަށް ކަމަށް އީސީން ވަނީ ބުނެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް އުވާލުމަށް އެ ކޮމިޝަނުން ވަނީ ނިންމާފަ އެވެ. މި ނިންމުމަށް މައިގަނޑު ސަބަބަކީ، އެ ޕާޓީގައި ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާ އަދަދަށް 3,000 މެންބަރުން ހަމަނުވުމެވެ. އެމްޓީޑީގައި މިހާރު ހިމެނެެނީ އެންމެ 2272 މެންބަރުންނެވެ.

މިކަމާ ގުޅިގެން، މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް އިން އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ، އޮގަސްޓް 31 ވަނަ ދުވަހުގެ ނިޔަލަށް، އެކަން އެ ޕާޓީއަށް ހުށަހަޅައި ނިންމުމަށް ވަނީ އަންގާފަ އެވެ.

އެމްޓީޑީއަކީ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު އިސްވެ ހުންނަވާ އުފައްދަވާފައިވާ ޕާޓީއެކެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާ ގޮތުން، ޕާޓީއެއްގައި 3,000 މެންބަރުން ހަމަނުވާނަމަ، އެ ޕާޓީ އުވައިލުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވެ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!