ޚަބަރު
ކުޅުދުއްފުށި ސިޓީ އެއާޕޯޓް ފަސެންޖަރު ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތުގެ ބިންގާ އަޅައިފި

އީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކުޅުދުއްފުށި ސިޓީ އެއާޕޯޓްގެ ފަސެންޖަރު ޓާމިނަލް ބޮޑުކުރުމަށް އަޅާ އާ އިމާރާތުގެ ބިންގާ މިއަދު ވަނީ އަޅާފައެވެ. މި މަޝްރޫޢުގެ ދަށުން އެއާޕޯޓުގެ ޚިދުމަތްތައް ފުޅާކުރެވި، ދަތުރުފަތުރުގެ ފަސޭހަތައް އިތުރުވެގެން ދާނެއެވެ.

މި ބިންގާ އެޅުއްވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދެވުނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ހދ. ކުޅުދުއްފުއްޓަށް ވަޑައިގެންނެވި މާލީ ވަޒީރު މޫސާ ޒަމީރު އަދި މަސައްކަތް ހަވާލުކުރެވިފައިވާ ކުންފުނި، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދެވެ. މިކަން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ކުޅުދުއްފުށީ އެއާޕޯޓުގައެވެ.

ކުޅުދުއްފުށީ އެއާޕޯޓަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގެ ފަހުކޮޅު ތަރައްޤީކުރެވުނު އެއާޕޯޓެކެވެ. އެ އެއާޕޯޓް ރަސްމީކޮށް ހުޅުވާފައިވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އަދި އެތަނުގެ ރަސްމީ އޮޕަރޭޝަންތައް ފެށިފައިވަނީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 9 ވަނަ ދުވަހުއެވެ.

އެ އެއާޕޯޓު ތަރައްޤީކޮށް ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާއިރު، މި މަސައްކަތް ފެށުން ލަސްވީ ދައުލަތުގެ މާލީ ހާލަތާއި، އެއާޕޯޓުގެ ޕްލޭނަށް ގެންނަންޖެހޭ ބައެއް ބަދަލުތަކާއި، އަދި އެއާޕޯޓަށް ބޭނުންވާ އިކުއިޕްމެންޓްތަކަށް އޯޑަރުކުރުން ފަދަ ކަންކަމުގައި ދިމާވި ލަސްތަކެއްގެ ސަބަބުން ކަމަށް އަމީން ވަނީ މިދިޔަ ޖޫން މަހު ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ 11 ވަނަ މަންޒިލް ކަމަށްވާ ކުޅުދުއްފުއްޓަށް މިއަދު ހަވީރު ވަޑައިގެންނެވުމުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މި ދަތުރުފުޅުގައި ކުޅުދުއްފުށީ ސިޓީގައި އުމްރާނީ ތަރައްޤީއާ ގުޅުންހުރި ތަފާތު އެކި މަޝްރޫއުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ރައީސްގެ ދަތުރުފުޅުގައި ކުޅުދުއްފުށީ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ވެސް ވަނީ ފެށިފައެވެ. އެ މަސައްކަތް ޢަމަލީ ގޮތުން ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އެމަނިކުފާނުގެ އަރިހުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން، ކުޅުދުއްފުށި ސިޓީ ޖެޓީގެ މަސައްކަތް ފައްޓަވައިދިނުމާއި، އަލަށް ޤާއިމުކޮށްފައިވާ ބީއެމްއެލްގެ އިތުރު ބްރާންޗެއްގެ ބިންގާ އެޅުންވެސް ހިމެނެއެވެ. އެ ރަށުގައި ކުނި މެނޭޖުކުރާ މަރުކަޒުގެ ބިންގާ އެޅުމާއި، ކުޅުދުއްފުށި ސިޓީ ވިޔަފާރި ބަނދަރު ބޮޑުކުރުމާއި، ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީފްރީކޮށް ބަހައްޓައި ބޮންޑެޑް ޒޯންގެ ޚިދުމަތް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފައްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!