ޚަބަރު
ބީއެމްއެލް އިން ކުޅުދުއްފުށީގައި ބިޒްނަސް ސެންޓަރެއް ގާއިމު ކުރަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުޅުދުއްފުށި ސިޓީގައި ވިޔަފާރިތަކަށް ޚާއްސަ ބިޒްނަސް ސެންޓަރެއް ގާއިމުކުރުމަށް މިއަދު ބިންގާ އަޅައިފިއެވެ. މި ސެންޓަރަކީ ކުޅުދުއްފުށީގެ އިތުރުން އަތޮޅުތެރޭގެ ވިޔަފާރިތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް ހާއްސަކުރެވޭ ތަނެކެވެ.

މިކަމަށްޓަކައި ކުޅުދުއްފުށި ސިޓީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގެންނެވިއެވެ. ރައީސްގެ އިތުރުން ވަޒީރުންނާއި، ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބާއި، ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފްއާއި، ބޭންކުގެ އިސްވެރިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބީއެމްއެލްއިން ބުނެފައިވާ ގޮތުގައި، މިއީ ބޭންކުގެ ތިންވަނަ ބިޒްނަސް ސެންޓަރެވެ. މިހާރު މިފަދަ ސެންޓަރުތައް ގާއިމުކޮށްފައިވަނީ މާލޭ ސިޓީގަޔާއި އައްޑޫ ސިޓީގައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، މުޅި ރާއްޖެއަށް ބޭންކުގެ ޚިދުމަތްތައް ފުޅާކުރުމަށް ބީއެމްއެލް އިން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ. އަދި ކުޅުދުއްފުށި ސިޓީ ފަދަ، ސަރަހައްދުގެ މައި މަރުކަޒުތަކަށް ވެސް އިސްކަންދެމުންދާ ކަމަށާއި، ވިޔަފާރިތަކަށް ޚާއްސަ ބްރާންޗެއްގެ ބިންގާ އެޅުމަކީ، މި ސަރަހައްދުގެ ވިޔަފާރި މުޖުތަމަޢަށް ބޭނުންވާ ފުރިހަމަ ޚިދުމަތް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ބިޒްނަސް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވި މިއަދު، ބޭންކުން ވަނީ ހދ. ނޮޅިވަރަންފަރުގައި އައު ބްރާންޗެއް ހުޅުވައި، ހދ. ވައިކަރަދޫ އަދި ހދ. ނޭކުރެންދޫގައި އޭޓީއެމްގެ ޚިދުމަތް ދޭން ފަށާފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު، 20 އަތޮޅުގައި 42 ބްރާންޗް، 154 ސެލްފްސާވިސް ބޭންކިން ސެންޓަރު، 213 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު، ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!