ޚަބަރު
ރައީސް ޑރ މުއިއްޒު، ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލުމަށް ފަހު މީޑިއާތައް ރެގިއުލޭޓް ކުރުމަށް އައު ކޮމިޝަނެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާ ގުޅިގެން މުޒާހަރާކުރި ނޫސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވަން ނިންމަވައިފިއެވެ.

މި ބައްދަލުވުން ރައީސް އޮފީހުގައި މިއަދު މެންދުރުފަހު 1:30 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް ހާމަކުރެއްވި ގޮތުގައި، ރައީސް ބައްދަލުކުރައްވާނީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ މެމްބަރުންނާއެވެ.

އިއްޔެ މަޖިލީހުން މި ބިލު ބަލައިގަތުމާ ގުޅިގެން، ނޫސްވެރިން ވަނީ މަޖިލިސް ކައިރިއަށާއި ރައީސް އޮފީސް ކައިރިއަށް އެއްވެ، އިހުތިޖާޖުކޮށްފައެވެ. އަދި މުލިއާގެ ދޮށަށް އެއްވެ އަޑުއުފުލައިފައިވެއެވެ. މަޖިލީހުގައި ބޭއްވުނު ވޯޓުގައި 49 މެންބަރުން ވަނީ ބިލު ބަލައިގަތުމަށް ތާއީދުކުރައްވައިފައިވާއިރު، 12 މެންބަރުން ވޯޓު ދެއްވާފައިވަނީ ބިލު ބޭރުކުރުމަށެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލުގައި، އައު މީޑިއާ ކޮމިޝަނަށް ފުޅާ ބާރުތަކެއް ދޭން ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި، ސުލޫކީ މިންގަނޑާ ޚިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމާއި، ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ހިމެނެއެވެ.

ބިލުގައިވާ ގޮތުން، ވަކިވަކި ނޫސްވެރިން 5,000 ރުފިޔާއިން 25,000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެއެވެ. އަދި މީޑިއާތައް 100,000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންދާނެއެވެ. މިއީ މީގެ ކުރިން ވެސް އަބްދުލްހަންނާން ހުށަހަޅުއްވައި، ފަހުން އަނބުރާ ގެންދަވާފައިވާ ބިލަކާ އެއްގޮތް ބިލެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!