ޚަބަރު
ރާއްޖޭގެ ދެވަނަ ފްރީ ޒޯން ގާއިމު ކުރާނީ އައްޑޫ ސިޓީގެ ބަނދަރުގައި؛ އެމްޕީއެލް ގެ ސީއީއޯ

ރާއްޖޭގެ ދެވަނަ ފްރީ ޒޯން ގާއިމްކުރާނީ އައްޑޫ ސިޓީގެ ބަނދަރުގައި ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވެއްޖެއެވެ. މިއީ ސަރުކާރުން އިގްތިސާދު ސިންދަފާތު ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ ދެކުނަށް ދެވޭ އިގްތިސާދީ އިތުރު ބާރެކެވެ.

ކުޅުދުއްފުށި ސިޓީގައި އެމްޕީއެލްއިން ދެމުންދާ ހިދުމަތްތައް ފުޅާކުރުމާ ގުޅޭގޮތުން “ޕީއެސްއެމް” ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ރިޝްވާން މި މަޢުލޫމާތު ހާމަކުރެއްވިއެވެ. ކުޅުދުއްފުށި ސަރަހައްދީ ބަނދަރުގައި މިހާރު ވަނީ ފްރީ ޒޯންގެ ޕައިލެޓް ޕްރޮޖެކްޓެއް ފަށާފައެވެ. ފްރީ ޒޯންތަކަކީ، ރާއްޖެއަށް މުދާ ގެނެސް، އެ މުދާ ބޭރުކުރުމުގެ ކުރިން ޑިއުޓީ ނުދައްކާ ބެހެއްޓޭ ސަރަހައްދުތަކެކެވެ.

އެމްޕީއެލްގެ ސީއީއޯ ވިދާޅުވިގޮތުގައި، އެ ކުންފުނީގެ ލޮޖިސްޓިކް ހިދުމަތްތައް އުތުރުން ދެކުނަށް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިބިފައިވެއެވެ. މިކަމާ ގުޅިގެން ސަރަހައްދީ ވިޔަފާރި ބަނދަރުތަކަށް ގެނެވޭ ކޮންޓެއިނަރުތައް އަތޮޅުތަކަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

“މީގެ މޮޑެލްއެއް ރެޑީ ކުރަން ދެކުނަށް. އައްޑޫގައިވެސް އެބައޮތް ބަނދަރެއް. ކުޅުދުއްފުށީގައި ޕައިލެޓް ޕްރޮޖެކްޓް މި ފެއްޓީ. އަޅުގަނޑުމެން ވަރަށް ބޮޑަށް ތައްޔާރުވެފައި މިތިބީ،” ރިޝްވާން ވިދާޅުވިއެވެ.

ސަރުކާރުން ވަނީ އުތުރުގެ ފްރީ ޒޯނުގެ އިތުރުން، ދެކުނާއި މެދުތެރޭގައި ވެސް މިފަދަ ޒޯންތައް ކަނޑައަޅާނެކަން ހާމަކޮށްފައެވެ. މިފަދަ ޒޯންތައް ގާއިމުކުރުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާވެ، ކަނޑުގެ ވިޔަފާރީގެ މަރުކަޒެއްގެ ގޮތުގައި ރާއްޖެ ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!