ޚަބަރު
މިއީ %100 މީޑިއާ ޕްރޯ ސަރުކާރެއް؛ ބިލުގައި ހުރި ކަންބޮޑުވުންތަކަށް އިސްލާހު ހުށަހަޅާނެ: ރައީސް

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލާ ގުޅޭގޮތުން ނޫސްވެރިންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން އެދިވަޑައިގަތުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އެ އެސޯސިއޭޝަނާ ބައްދަލުކުރައްވައިފިއެވެ.

އެއް ގަޑިއިރަށްވުރެ ދިގު މުއްދަތަކަށް ކުރިއަށް ގެންދެވުނު މި ބައްދަލުވުމުގައި، ރައީސް ޑރ މުއިއްޒު ވަނީ ޖާނަލިސްޓް އެސޯސިއޭޝަނުން ހުށަހެޅުއްވި ހުރިހާ ކަންބޮޑުވުންތަކަށް އިޖާބަދެއްވައި، އެކަންކަމާމެދު ވިސްނާވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. “މި ސަރުކާރަކީ ސަތޭކަ ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއް” ކަމަށް ފާހަގަކުރައްވައި ރައީސް ޑރ މުއިއްޒު ވިދާޅުވީ، ނޫސްވެރިންގެ ކަންބޮޑުވުންތައް އަބަދުވެސް އަޑުއައްސަވާނެ ކަމަށެވެ.

މީޑިއާއާ މެދު ސަރުކާރުގެ ސިޔާސަތު:

  • ސަތޭކަ ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއްކަން
  • މީޑިއާއަށް އަބަދުވެސް އެއްބާރުލުން ދެއްވާނެކަން
  • މީޑިއާއަށް ފަހި މާހައުލެއް ތަނަވަސްކުރުމަށް މަސައްކަތްކުރައްވާކަން

މީޑިއާ ރެގިއުލޭޓްކުރުމުގައި ސަރުކާރުގެ ކޮންޓްރޯލް ބޭއްވުމަށް ބޭނުންފުޅުނުވާ ކަމަށް ރައީސް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި މެންބަރުން އައްޔަނުކުރުމުގައިވެސް ސަރުކާރުގެ އެއްވެސް ދައުރެއް އޮތުމަށް ބޭނުންފުޅުނުވާ ކަމަށްވެސް ވިދާޅުވުމާއެކު، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލުގެ ވަކިވަކި މާއްދާތަކުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އިސްލާޙު ހުށަހަޅުއްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ޑރ މުއިއްޒު ވަނީ ދެއްވަވާފައެވެ.

މީޑިއާ ރެގިއުލޭޝަނާ ގުޅޭ ގޮތުން:

  • ސަރުކާރުގެ ކޮންޓްރޯލް ބާއްވަން ބޭނުންފުޅުނުވާކަން
  • މެންބަރުން އައްޔަނުކުރުމުގައި ސަރުކާރުގެ ދައުރެއް ބާއްވަން ބޭނުންފުޅުނުވާކަން

ބައްދަލުވުމުގައި ރައީސް ޑރ މުއިއްޒު ވިދާޅުވި ގޮތުގައި، މީޑިއާއަށް ފަހި މާހައުލެއް ތަނަވަސްކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައެވެ. އަދި ސަރުކާރުގެ ފަރާތުން މީޑިއާއަށް އަބަދުވެސް އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ބިލާ ގުޅޭގޮތުން:

  • ބިލުގެ ވަކިވަކި މާއްދާތަކުގައި ހުރި ކަންބޮޑުވުންތަކަށް އިސްލާހު ހުށަހަޅުއްވާނެކަން
  • ސަރުކާރުގެ ފަރާތުން އިސްލާހުތައް ހުށަހެޅުއްވުމަށް ނިންމަވާފައިވާކަން

ރާއްޖޭގެ މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށް ހުރިހާ ފަރާތްތަކަށް ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނަށް ރައީސް ޑރ މުއިއްޒު ވަނީ ދެއްވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!