ޚަބަރު
ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލުގެ ނިސްބަތް މިދިޔަ ޖުލައި މަހު އިތުރުވެއްޖެ

ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލުގެ ނިސްބަތް މިދިޔަ ޖުލައި މަހު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއަހަރުގެ ޖުލައި މަހު ރާއްޖޭން އެކްސްޕޯޓް ކުރި މުދަލުގެ އިންސައްތަ 222 އިންސައްތަ ވަނީ އިތުރުވެފައެވެ.

2024 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖޭން އެކްސްޕޯޓްކުރީ 65 މިލިއަން ރުފިޔާގެ މުދަލެވެ. މިއަހަރުގެ އެ މުއްދަތުގައި 210 މިލިއަން ރުފިޔާ ވަނީ އިތުރުވެފައެވެ. އަދި، މިއަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ އެކްސްޕޯޓަށް ބަލާއިރު 1.4 ބިލިއަން ރުފިޔާއަށް އަރައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަހު ރާއްޖޭން އެކްސްޕޯޓްކުރީ 945 މިލިއަން ރުފިޔާގެ މުދަލެވެ.

ޖުލައި މަހު ރާއްޖޭން އެންމެ ގިނައިން އެކްސްޕޯޓްކުރީ ތައިލެންޑަށެވެ. ޖުމްލަ އެކްސްޕޯޓުގެ 53 އިންސައްތަ ހިއްސާވަނީ އެގައުމުންނެވެ. އެކްސްޕޯޓް ލިސްޓުގެ ތަރުތީބުގައި ދެން ހިމެނެނީ އިނގިރޭސިވިލާތާއި، މޮރިޝަސްގެ އިތުރުން ފްރާންސް އަދި ވިއެތުނާމެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކުގައި ބުނެފައިވާގޮތުން ޖުލައި މަހު ރާއްޖެއަށް ވަނީ 295 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!