ޚަބަރު
ސިނަމާލެ ބުރިޖު- ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ވަރުގަދަ ގުޅުމުގެ ފުރިހަމަ މިސާލެއް: ރައީސް

ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖޭގައި ތަރައްޤީކުރި “ސިނަމާލެ ބުރިޖު” ހުޅުވާ ބޭނުންކުރަން ފެށިތާ 7 އަހަރު ފުރުން ފާހަގަކުރަމުން، މި ބުރިޖަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ވަރުގަދަ ގުޅުމުގެ ވަރަށް ފުރިހަމަ މިސާލެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، ސިނަމާލެ ބުރިޖު މަޝްރޫޢުއަކީ ރާއްޖޭގެ ތަރައްޤީގައި ހުޅުވުނު ވަރަށް މުހިންމު ދޮރޯއްޓެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ތަރައްޤީގެ ޙަޤީގީ ބައިވެރިއެއްގެ ގޮތުގައި ޗައިނާއިން އޮތްކަން ދައްކުވައިދޭ ރަމްޒެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

300 މިލިއަން ޑޮލަރުގެ އަގުހުރި މި މަޝްރޫޢުގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާއެވެ. އަދި 170 މިލިއަން ޑޮލަރު ލިބިފައިވަނީ ލޯނު އެހީގެ ގޮތުގައެވެ. މި މަޝްރޫޢަށް ދިވެހި ސަރުކާރުން 30 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ.

މިދިޔަ އަހަރު ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، ސިނަމާލެ ބުރިޖަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ކަނޑު ހުރަސްކޮށް ކުރިއަށްގެންދިޔަ އެންމެ ބޮޑު އަދި އެންމެ ގޮންޖެހުންތައް ބޮޑު މަޝްރޫޢު ކަމަށެވެ.

2014 ވަނަ އަހަރު ފެށުނު މި މަޝްރޫޢުގެ މަސައްކަތް ނިމި، 2018 ވަނަ އަހަރުގެ އޮގަސްޓް 30 ވަނަ ދުވަހު ވަނީ ހުޅުވާފައެވެ. 1.39 ކިލޯމީޓަރުގެ ދިގުމިނުގައި ހުންނަ މި ބުރިޖުގެ ފުޅާމިނުގައި 20.3 މީޓަރު ހުރެއެވެ. މި ބުރިޖުގައި ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ޚާއްޞަ ދެ ލޭނާއި، ސައިކަލް ދުއްވުމަށް ޚާއްޞަ ދެ ލޭން ހިމެނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!