ޚަބަރު
ސްޓެލްކޯ އިންޖީނިއަރުންގެ ދުވަސް ފާހަގަކުރުން ކުލަގަދަކޮށް؛ އިންޖިނޭރުންނަށް ރަތްދޫލައިގެ މަރުޙަބާ!

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އިންޖީނިއަރުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. މިގޮތުން އެ ކުންފުނީގެ އިންޖީނިއަރުންނަށް ރަތް ދޫލައިގައި މަރުހަބާ ކިޔައި، ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

އިއްޔެ ފާހަގަކުރި އިންޖީނިއަރުންގެ ދުވަހާ ގުޅިގެން، ސްޓެލްކޯގެ އިންޖީނިއަރިންގ ޑިޕާޓްމަންޓްގެ މުވައްޒަފުންނަށް އޮފީހަށް އައުމުން ރަތް ދޫލައިގެ މަރުހަބާއަކާއެކު ހާއްސަ ހަފްލާއެއް ބޭއްވިއެވެ. މި ހަފްލާގައި އިންޖީނިއަރުން އެމީހުންގެ ހާއްސަ ޔުނީފޯމުގައި ތިބިއިރު، ކުންފުނީގެ ވެރިންނާއެކު ގްރޫޕް ފޮޓޯއެއްވެސް ނަގާފައިވެއެވެ.

ސްޓެލްކޯގެ އިންޖިނިއަރުންނަށް ހާއްސަކޮށް ބޭއްވި ހަފްލާގެ ތެރެއިން: ފޮޓޯ: ސްޓެލްކޯ

ހަފްލާ ބޭއްވުނު ސަރަހައްދު ހުދާއި ނޫ ކުލައިގެ ފުއްޕާހަމުން ޒީނަތްތެރިކޮށްފައިވާއިރު، ހަފްލާގެ ތެރޭގައި މުވައްޒަފުންނާއެކު ކޭކު ފެޅުމުގެ ރަސްމިއްޔާތުވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވި ގޮތުގައި، “އިންސާނިއްޔަތަށް ފަސޭހަ ދިރިއުޅުމެއް ގެނެސްދިނުމަށް އަގުނުކުރެވޭ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ، ހީވާގި އިންޖިނިޔަރުންނަށް” ޝުކުރު އަދާކުރައްވައެވެ. އަދި “އެކިދާއިރާތަކުގެ އިންޖީނިއަރުންގެ ހުނަރާއި ހިތްވަރާ ނުލައި، މިއަދު އަޅުގަނޑުމެން މިދެކޭ ފަސޭހަ ދިރިއުޅުމެއް ލިބިގެން ނުދާނެކަން ކަށަވަރު” ކަމަށް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަހަރުގެ ޖޫން މަހު “ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް” ހަމަޖައްސަވާފައެވެ. މިގޮތުން ކޮންމެ އަހަރެއްގެ އޮގަސްޓު 30 ވަނަ ދުވަހަކީ އިންޖީނިއަރުންގެ ދުވަސް ކަމުގައި ހަމަޖެހިފައިވެއެވެ. މި ތާރީހު ހޮވާފައިވަނީ ރާއްޖޭގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމުގައިވާ ސިނަމާލެ ބްރިޖު ހުޅުވުނު ދުވަހާ ދިމާކޮށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!