ޚަބަރު
ރާއްޖެ އިޝްތިހާރުކުރުމަށް ފެމް ޓްރިޕް ސިލްސިލާއެއް ބްރެޒިލްގައި ފަށައިފި

ރާއްޖެ އިޝްތިހާރު ކުރުމަށްޓަކައި ބްރެޒިލްގައި “އިންފުލުއެޒަރ ފެމް ޓްރިޕް” ސިލްސިލާއެއް ފަށައިފިއެވެ. މިއީ ރާއްޖެއިން ބްރެޒިލްގެ މާކެޓަށް އަމާޒުކޮށްގެން ބާއްވާ މިިފަދަ ފުރަތަމަ ހަރަކާތެވެ.

ބްރެޒިލްގެ ސޯޝަލް މީޑިއާގައި މަޤްބޫލް ބައެއް ފަރާތްތަކާއެކު މި ފެމް ޓްރިޕް ސީރީޒްގެ ފުރަތަމަ ދެ ބައިވެރިވިން މިމަހުގެ 10 ވަނަ ދުވަހު  ރާއްޖެއަށް އައިސްފައިވާ ކަމަށާއި، އަނެއް 2 ބައިވެރިން މި ޖުލައި މަހުގެތެރޭ ރާއްޖެއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރްސީ ބުނެއެވެ.

އެމްއެމްޕީއާރުސީން އިތުރަށް މައުލޫމާތު ދިން ގޮތުގައި، މި ހަރަކާތުގެ ދަށުން ރާއްޖެ އަންނަ ފަތުރުވެރިން ތިބުމަށް ހަަމަޖެހިފައިވަނީީ ހުވަފެން ފުށި ރިސޯޓް، ވެލައްސަރު ރިސޯޓް، ތާޖް ހޮޓެލްސް، ކަނޑިންމަ މޯލްޑިވްސް، ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑްގެ އިތުރުން މޫވެންޕިކް ކުރެދިވަރުގަ ކަމަށެވެ.

މި ރިސޯޓް ތަކުގެ ހިދުމަތްތަކުގެ އިތުރަށް މި ބައިވެރިންނަށް ހާއްސަ ކޮށްގެން ހިންގާ ހަރަކާތްތަކުގެ ފޮޓޯތަކާއި މި ފަތުރެވެރިންގެ ތަޖުރިބާ ސޯޝަލް މީޑިއާގައި ދައުރުކޮށްގެން ވީހާވެސް ގިނަބަޔަކަށް ރާއްޖެ އިޝްތިހާރު ކުރެވިގެން ދާނެ ކަމަށެވެ. މި ފެމް ޓްރިޕް ސިލްސިލާ އަކީ ރާއްޖޭގެ އެކި ސެގްމެންޓްތައް އިޝްތިހާރުކުރުމަށް އެކުލަވާލާފައިވާ ސްޓްރެޓެޖީތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!