ޚަބަރު
އެމް.ޓީ.ޑީ އުވާލުން؛ މެންބަރުން މަދުވުމުން ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފި

ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ އަދަދަށް މެންބަރުން ހަމަވެފައިނުވާތީ، މިއަދުން ފެށިގެން މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް (އެމް.ޓީ.ޑީ) އުވާލައި، ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިކަން ހާމަކުރައްވަމުން ވިދާޅުވެފައިވަނީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ޕާޓީ ދެމިއޮތުމަށް ބޭނުންވާ 3000 މެންބަރުން ހަމަކުރުމަށް ދެވުނު މުއްދަތުގައި އެ އަދަދު ހަމަކުރެވިފައިނުވާ ކަމަށެވެ. މެއި 19 ވަނަ ދުވަހު ނޯޓިސްގެ މުއްދަތު ހަމަވިއިރު، އެމް.ޓީ.ޑީގެ ރަޖިސްޓްރީގައި ތިބީ އެންމެ 2277 މެންބަރުންނެވެ.

ނޯޓިސްގެ މުއްދަތު ހަމަވި ދުވަހު، މެންބަރުން ހަމަކުރުމަށް އިތުރު 3 މަސްދުވަހުގެ މުއްދަތަކަށް އެމް.ޓީ.ޑީން އެދުނު ނަމަވެސް، “އެއީ ޤާނޫނު އަސާސީން އިލެކްޝަންސް ކޮމިޝަނަށް ލިބިދޭ ބާރެއް ނޫން” ކަމަށް ބުނެ އެ މުއްދަތު ދީފައިނުވާކަމަށް ކޮމިޝަނުން ހާމަކުރެއްވިއެވެ.

އިލެކްޝަންސް ކޮމިޝަނުން އިތުރަށް ހާމަކުރެއްވި ގޮތުގައި، ޖޫން 3 ވަނަ ދުވަހު އެޕާޓީ އުވާލުމަށް ނިންމުމާއެކު، ޕާޓީގެ މުދަލާއި ދަރަންޏާމެދު ގޮތެއް ނިންމުމަށް 30 ދުވަހުގެ މުއްދަތެއް ދެވުނެވެ. އަދި އެކަން ނިމޭތާ 15 ދުވަހުގެ ތެރޭގައި ކޮމިޝަނަށް އެންގުމަށްވެސް އަންގާފައިވެއެވެ.

މި މުއްދަތު ސެޕްޓެމްބަރު 3 ވަނަ ދުވަހު ހަމަވުމާއެކު، އިލެކްޝަންސް ކޮމިޝަނުން ވަނީ އެމް.ޓީ.ޑީ އުވާލައި، ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފައިވާކަން ރަސްމީކޮށް އިޢުލާންކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!