ވާހަކަ
ކުރު ވާހަކަ: ރަތްވިލާ

މަސްކަނޑާ ނިމިގެން އަހަރެން އުޅުނީ ކަރުތައް އުކާލަން އަތިރިމައްޗަށް ނުދާށެވެ. އިރު އޮއްސޭ ގަޑިވީމައެވެ. އަހަރެމެން ގެއިން އަތިރިއަށް ފޭބެއް ހުންނަނީ ހަނި މަގަކުން ކަމަށް ވާތީއެވެ. ކޮންމެ ވެސް ވަރަކަށް ބިރު ގަންނާތީ އާއި އެކުގައެވެ. އެކަމަކު އަންހެނުން ކުރެއް ނުކުރިއެވެ. ފަތިސް ވަންދެން ތި ބަހައްޓައިފި ނަމަ ކުނިވަސް ދުވާވަރުން އުނދަގޫވާނެ ކަމަށް ބުންޏެވެ. އަންހެނުން ބުންޏަސް އެ ބުނީކީ ދޮގެއް ނޫނޭނެވެ. އެހެންކަމުން އެންމެ ފަހުން އަހަރެން ކަރު ބާލިދީ ހިފައިގެން އަތިރިމައްޗަށް ދިއުމަށް ހިނގައިގަތީމެވެ. އޭރު އިރު އޮއްސި އަދިރި ކަން މަޑުމަޑުން ވެރިވާން ފަށައިފިއެވެ.

އަތިރިއަށް ފައިބާ ކަރުތައް އުކާލާފައި އެއްގަމަށް އަރަން ދިމާ ކޮށްފައި ކުޑަކަމުދާންވެގެން ގެނައި ބާލިދީ ބިންމަތީގައި ބެހެއްޓީމެވެ. އެ ވަގުތު ބާލިދީ ބެހެއްޓި ތަނުން ކުޑަ ވިދުމެއް ގެ އަސަރު ފާޅުވިއެވެ. ކުޑަކަމުދާންވެފައި ހުރިލެއް ބޮޑުކަމުން އެކަމަށް މާ ބޮޑު ސަމާލުކަމެއް އަހަންނެއް ނުދެމެވެ.

އެއްގަމަށް އަރައިގެން  ދެ ފަސް ބެދުނު ހަމައަށް އާދެވުނު ތަނާ ފަހަތުން މީހަކު އަންނަ ކަމުގެ އިހުސާސް ވުމުން އަހަރެން ހުއްޓި ފަހަތް ބަލާލީމެވެ. އެހެނަސް މީހަކު ފެންނާކަށް ނެތެވެ. ވަހުމެއް ކަމަށް ބަލާ ގެއަށް ދިއުމަށް މިފަހަރު ހިނގައިގަތް ތަނާ އަނެއްކާވެސް އެ އިހުސާސް ކުރެވިއްޖެއެވެ. އެކަމަކު ހީއަށް ވުރެ މިފަހަރު ޔަގީނެވެ. ފަހަތުން މީހަކު އައެވެ. ފިޔަވަޅުގެ އަޑުވެސް އިވުނެވެ. އެހެނަސް ފަހަތް ބަލާލި އިރު މީހަކު ފެންނާކަށް ނެތެވެ. އަހަރެން ދުއްވައިގަންނަން އުޅެނިކޮށް ވަރަށް ބާރަށް އަހަރެންގެ ބުރަކަށީގައި އަޅައި މީހަކު ފަހަތުން ކޮށްޕާލިއެވެ. ކުއްލި ސިހުމާއެކު އަހަރެން ބަނޑުވަތަށް ވެއްޓުނެވެ. ތިހެން ހަދާކަށް ނުވާނެ ނޫންހޭ ބުނަމުން ގައިން ވެލިފޮޅާލަމުން ތެދުވެ ފަހަތް ބަލައިލި އިރު އެއްވެސް މީހަކުގެ ހިލަމެއް ނެތެވެ.  އަހަންނަށް ދެވަނަ ފަހަރަށް ފަހަތް ބަލާލެވުނީ ނުތަނަވަސް ކަމާއެކުގައެވެ. މީހެއް ފެންނަން ނެތުމުން ހިތުގައި ބިރުވެރިކަން އުފެދެން ފެށިއެވެ. ގައިން ހީބިހި ނަގަން ފެށިއެވެ. ކުރިއަށް ހިނގައި ގަތްތަނުން ކަޅު ބުޅަލެއް ކުއްލިއަކަށް އަހަރެންގެ ކުރި ކަނޑާފައި މަގުގެ އަނެއް ފަރާތަށް ދިޔައެވެ.  ލިބުނު ކުއްލި ސިހުމާއި ގެންފައި ހުރި ބިރެއްގެ ބޮޑު ކަމުން ހަދާނެ ގޮތް ހުސްވިއެވެ. ކުރިއަށް ދާނީތޯ ވިސްނަން ހުރެލުމަށްފަހު، އައިކޮޅަށް އަނބުރާލީމެވެ.

ގޮނޑުދޮށަށް ފައިބާ ރަށުގެ އުތުރަށް ހިނގަން ފެށީމެވެ. އަވަސް ހިނގުމެއްގައި ކުރިއަށް ދިޔައީމެވެ. އެންމެ އަވަހަށް އެއްގަމަށް އެރެން އޮތް މަގުން ކުރިއަށް ދާން ފެށީމެވެ. ކޮވެލިތައް ގޮވާއިރު ހީވަނީ އެހެން ފަދަ ކަމެއް ހެންނެވެ. ބިރުން ހިތް ބާރަށް ތެޅޭ ވަރުން ދެންމެ ދެންމެ ބޭރަށް ނުކުމެދާނެ ހެން ހީވެއެވެ. މީހާ ހުރީ ދާހިތްލާ ފޯވެފައެވެ.

އަޑެއް އިވުމުން އިސްއުފުލާ ބަލާލީމެވެ. ކުރިމަތީގައި ހުރި އުނި ގަހުގައި ހުރީ ދުވަހަކު ވެސް ނުދެކޭ ފަދަ ސިފަ ހުތުރު މަޚުލޫގެކެވެ. އޭތީގެ ލޮލުން ހުރީ އަނގުރު ބުރަ ބުރައެވެ. ބިރުން ހުރެ އަހަރެން ކުރިއަށް ހިނގައިގަތް ތަނުން ކުއްލިއަކަށް އަލިގުޅައެއް އަހަރެންގެ ކުރިމައްޗަށް ވެއްޓުނެވެ. ސިއްސައިގެ ގޮސް ހަޅޭލަވައިގަންނަމުން އަހަރެން ދުއްވައި ގަތީމެވެ. ހެޔޮ އެއްޗެއް ހިތަށް ގެނެވޭތޯ މަސައްކަތް ކުރީމެވެ. ބިރު ގަނެފައި ހުރިލެއް ބޮޑުކަމުން ވެސް ތޯއްޗެކެވެ. އުޅެ އުޅެ ވެސް ހިތަކަށް ހެޔޮ އެއްޗެއް ނައެވެ. ހަމައެކަނި ކުރެވުނު ހާވެސް ކަމަކީ ދުވުމެވެ. އަހަންނަށް ދުވެވުނު އެންމެ ބާރަކަށް ދުވެފައި މީހުން އާބާދު ވެފައިވާ ހިސާބަށް ދިއުމަށް މިސްރާބު ޖަހައިގެން ކުރިއަށް ދިޔައީމެވެ. ފަހަތުން އަހަންނާއި އެއްވަރަށް އޭތި އަންނަ ކަމުގެ އިހުސާސް ކުރެވުން އެންމެ ހިދުކޮޅަކަށް ވެސް ދުވުން މަޑެއް ނުކުރަމެވެ.

އަވަށުތެރެއަށް ނުވެދެވެނީސް އަހަންނާއި ދިމާވީ ރަށުގެ ހަރު ފުރާގެ މީހެއް ކަމުގައިވާ ޖައުފަރާއެވެ. އަހަރެން ފެނުމުން ހާދަ ބާރަކަށް ކިހިނެއް ވީހޭ ޖައުފަރު އަހައިލިއެވެ.  ޖައުފަރުގެ އަޑަށް އަހަރެން ވަރަށް ބޮޑަށް ސިހިގެން ދިޔައެވެ. އަހަރެން ސިހިގެން ދިޔަލެއް ބޮޑުކަމުން ޖައުފަރުގާތަށް ހިނިވެސް އައެވެ. އަދި ހާދަ ބިރުގެންފައޭ ބުނެލިއެވެ. ޖައުފަރުގެ އެއްވެސް ވާހަކައަކަށް ސަމާލުކަމެއް ނުދީ އަހަރެން ކުރިއަށް ހިނގައިގަތީމެވެ. ނަސީބަކުން ޖައުފަރާއި ދިމާވި ހިސާބުން އެއްކަލަ  އަޑުތައް ހުއްޓުނެވެ. އެއަށް ވުރެ ފަހުން މީހެއް އަންނަ މަކުގެ ހީ ފިލައިގެން ދިޔައެވެ. އޭނގެ އަސަރެއް ފަހަކުން ނުވެއެވެ.

އެހެން ނަމަވެސް ގެއަށް އާދެވުނު އިރު މީހާ ހުރީ ބޮލަށް ބަރު ޖަހާފައެވެ. ބޮލުގައި ރިއްސާވަރުން ކެތްވަނީކީ ނޫނެވެ. ކޮންމެ ވެސް ވަރަކަށް ހުން އައިސްފައި ހުރިހެން ވެސް ހީވެއެވެ. ފެން ވަރަށް ދާކަށް ނުކެރުނެވެ. އަންހެނުން ކައިރީ ބުނެފައި ގައިގާ ރަޖާގަނޑު އަޅައިގެން އޮށޯތީއެވެ. ނިދާލެވޭތޯއެވެ. ނުވެސް ކައެވެ. ކާ ހިތް ނުވީމައެވެ.

އަންހެނުން ވަރުވަރުން ސުވާލު ކުރިއެވެ. މާބޮޑުކަމެއް ނުވާކަމަށް ބުނެފައި އުނދަގޫ ނުކުރުމަށް އެދުނީމެވެ. އަހަންނަށް ހޭވެރިކަން ވީއިރު ރަށުގެ މުދިންބޭ އަހަރެންގެ ބޯލާކޮޅުގައި ހުރެގެން ކޮންމެވެސް އެއްޗެއް ކިޔަވަމުން ދިޔައެވެ.  ކިޔަވަ ކިޔަވާފައި އަހަރެގެ މޫނަށް ފެން ފޮދެއް ޖަހަމުން ސުވާލު ކުރިއެވެ. އަހަންނާ ޖިންނި އަޅައިގަތީ ކީއެވެތޯއެވެ. މުދިންބޭ ވަރަށް ގިނަ ފަހަރު ސުވާލުކޮށް ކުރުމުން ޖިންނި ބުނިކަމަށް ވަނީ އަހަންނަށް ބާލިދީ ބެހެއްޓުނީ އޭތީގެ ބޮލުގައި ކަމަށެވެ. އެ ރުޅީގައި އަހަރެން ފަހަތުން އޭތި އައީ ކަމަށް ބުންޏެވެ. އެ އައިގޮތަށް ގެއާއި ހަމައަށް އާދެވުނު ނަމަ އަހަރެން މޮޔަކޮށްލީސް ކަމަށް ޖިންނި ބުންޏެވެ. އަހަރެންގެ ފަހަތުން ގެއާއި ހަމައަށް ޖިންނި އަށް ނާދެވުނީ ޖިންނި ބުނި ގޮތުން އަހަންނަށް މީހަކު ސަލާމް ގޮވާލުމުންނެވެ. އެއީ ތެދެކެވެ. އަހަރެން އައި މަގުމަތީގައި ދިމާވީ ޖައުފަރާއެވެ. މިފަހަރު އަހަރެން ސަލާމަތް މި ވީ ޖައުފަރުގެ ސަބަބުން ނެވެ. އެކަމަށްޓަކައި ހިތާހިތުން އަހަރެން ޝުކުރުވެރި ވެލީމެވެ.  އެކަމަކު މިއަދު ވެސް އަހަރެން ޖެހިލުންވާ ކަމެއް އޮވެއެވެ. ރަތްވިލާ ލާ ވަގުތުގައި އަތިރިމައްޗަށް ދިއުމެވެ. އެ ދުވަހުގެ ބިރުވެރިކަން އަހަރެންގެ ހިތަކުން އަދި ވެސް ފިލައިގެން ނުދެއެވެ.

  • ނިމުނީ –
This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!